ތައްޔާރުވެ ވަޑައިނުގެން ސްޓޭޓްމަންޓްތައް ދެއްވުން ހުއްޓަވާލެއްވުމަށް ޑޮނަލްޑް ޓްރަމްޕަށް ސީއައިއޭގެ ވެރިޔާ ޖޯން ބްރެނަން އިންޒާރު ކުރައްވައިފިއެވެ.
މަގާމުން ވަކިވެ ވަޑައިގަންނަވަން ތައްޔާރުވަމުންދާ ބްރެނަން ވިދާޅުވީ ޖަޒުބާތުގައި ބުނެވޭ އެފަދަ ވާހަކަތަކަކީ ގައުމީ ސަލާމަތަށް ވިސްނައިގެން ދެކެވޭ ވާހަކަތައް ނޫން ކަމަށެވެ.
އެމެރިކާގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފައިވާ ޓްރަމްޕް ފާހަގަކުރެވިގެންދަނީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ވެސް ޓްވިޓާގައި ފުޅާދާއިރާއެއްގައި އާއްމުކޮށް ޚިޔާލުފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ބްރެނަން ވިދާޅުވީ ރަޝިއާގެ ގާބިލްކަން ހުރި މިންވަރާ މަގުސަދެއް ޓްރަމްޕް ފުރިހަމައަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
އާދީއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބްރެނަން މި ފަދައިން ވިދާޅުވެފައި މިވަނީ އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިންގެ މައްޗަށް ތުހުމަތުކޮށް އެމެރިކާގެ ޖާސޫސީ އިދާރާއިން ރިޕޯޓެއް ނެރުނުތާ ހަފްތާއެއްގެ ތެރޭގައެވެ.