Advertisement
ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 18:04
ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރަނީ
ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރަނީ
ރާއްޖެ އެމްވީ
މުވައްޒަފުންނަށް ނޯޓިސް
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
ފިނޭންސް މިނިސްޓްރީން މިކަން ދޮގުކުރޭ
މީގެ ކުރިން ވެސް 75 މުވައްޒަފަކަށް ނޯޓިސް ދިން

ފިނޭންސް މިނިސްޓްރީގެ ގާތްގަނޑަކަށް 20 ވުރެ ގިނަ މުވައްޒަފުންނަށް އެހެން ވަޒީފާއެއް ހޯދުމަށް އަންގައޮ އަނގަބަހުން ނޯޓިސް ދީފި އެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފުން ގެންގޮސް އެހެން ވަޒީފާއެއް ހޯދުމަށް އެނގީ މިދިއަ ހަފްތާގަ އެވެ. ބައެއް މުވައްޒަފުން ގާތު ވަޒީފާ ހޯދައިދޭނެ ކަމަށް ބުނި އިރު އަނެއް ބައި މުވައްޒަފުންނަށް އަމިއްލަ ވަޒީފާ ހޯދުމަށް އަންގާފައިވެ އެވެ. އަދި ފެބްރުއަރީ މަހަށް ވަޒީފާ ނުހޯދާއިފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް އެންގި ކަމަށްވެ އެވެ.

ނޯޓިސް ދިން މުވައްޒަފުންގެ ތެރޭގައި ވިއްސަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ. 

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަން އަހްމަދު އައިމަން ވިދާޅުވީ، އެފަދަ އެއްވެސް ނޯޓިހެއް ދީފައިނުވާނެ ކަމަށެވެ.

ނަމަވެސް، މީގެ ކުރިންވެސް ވަނީ ފިނޭންސްގެ 75 މުވައްޒަފަކަށް ވަޒީފާ އިން ވަކިވުމުގެ ނޯޓިސްދީފަ އެވެ. އެކަމާ ގުޅިގެން ފިނޭންސްގެ މުވައްޒަފުން ހަޅުތާލުކުރުމުން އެފަހަރު އެ މަސައްކަތް ހުއްޓާލި އެވެ. ނަމަވެސް ފިނޭންސްގެ މުވައްޒަފުން އެފަދަ އިހްތިޖާޖުކުރުމުން، ރައީސް އަބްދުﷲ ޔާމިން ހިތްހަމަ ނުޖެހުން ފާޅުކުރެއްވެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް