ކ. މާލެ
|
14 ޖެނުއަރީ 2017 | ހޮނިހިރު 06:19
ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި އިމްތިޔާޒު ފަހްމީ ވާހަކަ ދައްކަވަނީ
ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި އިމްތިޔާޒު ފަހްމީ ވާހަކަ ދައްކަވަނީ
ފާތިމަތު ޝަނާ މުހައްމަދު
އެމްޑީޕީ
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
 
ގާސިމް އަބްދުލްކަރީމް މި ސަރުކާރުގެ ކޮރަޕްޝަން ފަޅާ އަރުވާލުމަކީ ނަމޫނާ އަމަލުފުޅެއް: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްނުލާ ރާއްޖެ ތަހުޒީބު ގައުމަކަށް ނުހެދޭނެ ކަމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ސަރުކާރު ބިނާވެފައި ވަނީ ކަރަޕްޝަނާއި ރައްޔިތުންނަށް އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށާއި މި ހުރިހާ އަސާސްތަކަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ އަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ. މިއީ ރާއްޖެ ތަހްޒީބު މުޖުތަމައު އަކަށް ހެދުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ގޮތުން އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލު ތަކަކީ އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެންވާނެ ކަމެއް ނޫން ކަމަށާއި މިއީ އަބަދުވެސް އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. މިކަން ފާހަގަކުރައްވާ، އިންތިޔާޒް ވިދާޅުވީ، ނައިފަރު ރައްޔިތެއް ކަމަށްވާ ގާސިމް އަބްދުލްކަރީމް މި ސަރުކާރުގެ ކޮރަޕްޝަން ފަޅާ އަރުވާލުމަކީ ނަމޫނާ އަމަލުފުޅެއް ކަމަށެވެ. އެކަމުގައި އެބޭފުޅާ ޖަލުގައި އޮންނަން ޖެހުނުކަން އިމްތިޔާޒް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

އިމްތިޔާޒް ވިދާޅުވީ، އެމްޑީޕީ ހިންގުމުގައި އަބަދުވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ބޭފުޅުންނަނީ އިދިކޮޅު ފަރާތްތަކުން ނުހަނު ކަންބޮޑުވާ އަދި ފާރަވެރިވާ ބޭފުޅެއް ކަމަށެވެ. މިހާރު އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފަކީވެސް އެޕާޓީގެ މެންބަރުންނަށް އެނގޭ އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އިތުރު ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރެއްވުމުން ވެސް ދޭހަވަނީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި އެމަޤާމަށް ހަސަން ލަތީފަށް އޮތް ތާއީދެވެ. 

އިމްތިޔާޒް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވެ އެކަމަގެ ތެރެއިންވެސް އެމްޑީޕީ ލޯކަލް ކައުންސިލްގާ ކާމިޔާބު ހާސިލް ކުރާނެ ކަމުގެ ޔަގީންކަން ހާމަކުރައްވާފަ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް