ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 06:35
ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ
ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
އެމްޔޫއޯގެ ކެންޑިޑޭޓުން ހޮވަން މަސައްކަތް ކުރާނަން
ގައުމީ ލަފާދޭ ކޮމިޓީގެ ވާހަކައެއް އަޑެއް ނާހާ
އާ އިންތިހާބަކަށް އިއުލާނުކުރުމަކީ ގާނޫނާ ހިލާފު ކަމެއް

ކުރިއަށް އޮތް ލޯކަލް އިންތިޚާބުގެ ކަންކަން ހިތުހުރިގޮތަކަށް ކުރިއަށް ގެންދިއުމަށް ދޫކޮށްލައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކަން ގެންދާނެ ގޮތުން ރައްޔިތުން ހިތާމަ ކުރަން ޖެހިދާނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެވެ.

ޝިދާތާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިޕްރޮގްރާމްގައި ޝިދާތާ ވިދާޅުވީ ސަރުކާރުން ހިތުހުރި ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ހިތާމަ ކުރަން ޖެހިދާނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ ފަރުދުންގެ ޒިންމާވެސް އެބައޮތް ކަމަށާއި  ރައްޔިތުން އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"މިގޮތައް ޤާނޫނުން ބޭރުގައި ހިތުހުރި ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ރައްޔިތުންވެސް ފުރުސަތު ދީގެން ނުވާނެ. ޤައުމުގެ މުސްތަޤްބަލަށް އަޅުގަނޑުމެން މިކަންކަން މިކުރަނީ. މިއަދު މިގޮތަށް ދީލާލާފައި މާދަމާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު މިގޮތައް ކަންކަންވީމާ އަޅުގަނޑުމެން އެންމެންނަށް މިކަމުގެ ހިތާމަ ކުރަން ޖެހޭނެ،" ޝިދާތީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ކަންކުރަމުންދާ ގޮތްތަކަށް އިޝާރާތް ކުރައްވަމުން ޝިދާތީ ވިދާޅުވީ ޤައުމީ ލަފާދޭ ކޮމެޓީގެ މަޝަވްރާ ހޯދި ނަމަވެސް އިލެކްޝަނުން ކަންކުރަމުންދަނީ އެއާ އެއްގޮތައް ނޫން ކަމަށެވެ.

ޝިދާތާ ވިދާޅުވީ އެކަމުން ދޭހަވަނީ އެކޮމިޝަންގެ ވަރަށް ނޭއްގާނީކަން އެބަހުރިކަން ކަމަށާއި ސައްޙަ އިންތިޚާބެއް ބޭއްވުމެގެ ނިޔަތެއް ނެތްކަން ކަމަށެވެ.

"މިހާރުން މިހާރަށް ވެސް ދަންނަވަން. އަދި ހުދު އިލެކްޝަންސް ކޮމިޝަނަށްވެސް އެނގިވަޑައިގަންނަވާނެ މިހާރު އަލުން އެއިއުލާންކުރި އިންތިޚާބަކީ ޤާނޫނީ އެއްވެސް ހަމައެއްގެ ދަށުން އެބޭފުޅުންނަށް ބޭއްވޭނެ އިންތިޚާބެއް ނޫންކަން" ޝިދާތާ ވިދާޅުވިއެވެ

ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީން އިންތިޚާބުގައި ވާދަ ނުކުރަން ނިންމީ ރައްޔިތުންގެ ހައްޤުގައި އެޕަޓީގެ މަޝްވަރާ މަޖިލީހުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރައްވާފައި ކަމަށެވެ.  ނަމަވެސް އެމްޔޫއޯގެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

- ކޮމެންޓް