Advertisement
ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 00:57
އައްޑޫ ސިޓީ ފޭދޫގައި އެކްސިޑެންޓްވި ކާރު
އައްޑޫ ސިޓީ ފޭދޫގައި އެކްސިޑެންޓްވި ކާރު
ލީވާން އަލީ
އެކްސިޑެންޓް
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ދެ ގެއެއްގެ ފާރަށް ވަނީ އަރަފައި
ހިތަދޫގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަނީ އަނިޔާވެފަ
އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވޭ

އައްޑޫސިޓީ ފޭދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގެއެއްގެ ފާރަށް އަރައި، ކާރު ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.

ފޭދޫ ގައި ހުރި ރާއްޖޭ އެމްވީގެ ރިޕޯޓަރު ބުނީ ބުރާސްފަތި ދުވަހު އިރު އޮއްސި 6:30 ހާއިރު ފޭދޫ އޯކިޑްމަގުން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލް ނުވެގެންގޮސް "ފެނާރު" ގެ އާއި އެގެއާއި ޖެހިގެން ހުރި "ސާޔާ" ގޭގެ ފާރުގައި ޖެހުމުގެ ސަބަބުން ފާރުވެސް ވެއްޓިފައިވާ ކަމަށެވެ. 

 މި އެކްސިޑެންޓް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެކްސިޑެންޓް ވި ކާރަކީ ފޭދޫ ޒުވާން ވިޔަފާރިވެރިއެއް ކަމުގައިވާ އިބްރާހިމް ޔައީޝްގެ ކާރެކެވެ. މި ކާރު ދުއްވަން އިނީ އޭނާގެ އެކުވެރިއެެެކެވެ.

މީގެއިތުރުން، ހިތަދޫގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަނީ އަނިޔާވެފަ އެވެ. އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. ހިތަދޫގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ރިޕޯޓަރު ބުނީ އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށެވެ. އެކްސިޑެންޓު ހިނގުމާއެކު، އެކްސިޑެންޓްވި ސައިކަލުގައި ތިބި މީހުން ފިލައިގެންގޮސްފައިވާ ކަމަށް ރިޕޯޓަރު ބުނި އެވެ. އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު އެ މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް