ކ. މާލެ
|
29 މެއި 2018 | އަންގާރަ 22:59
މާލޭ ސިޓީ މަގުމަތި
މާލޭ ސިޓީ މަގުމަތި
މުހައްމަދު ޝަރުހާން
މަގު ހެދުން
އަޑި ގުޑަންތައް އިތުރުވެ، ނުރައްކަލާ ކުރިމަތިވެފައި!
 
މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދިފައި
 
ކުޑަ ބިންކޮޅެއްގައި ތޮއްޖެހި އެންމެ ކާރުބާރު ބޮޑު ސިޓީ

މާލެއަކީ އެންމެ ކުޑަ ބިމެއްގައި އެންމެ ބޮޑު އާބާދީ އޮތް ރަށެވެ. ދުނިޔޭގެ ނިސްބަތުން ވެސް، ރާއްޖޭގެ ވެރިރަށް މާލެއަކީ ކުޑަ ބިންކޮޅެއްގައި ތޮއްޖެހި، އެންމެ ކާރުބާރު ބޮޑު ސިޓީއެވެ. މަގުތައް ފުރި ބާރުވާ ވަރަށް އެއްގަމުގައި ދުއްވާ އުޅަނދުތައް އޮންނަ އިރު އެ އުޅަނދުތައް ދުއްވާލެވޭ ފެންވަރުގެ މަގެއް މި މާލޭގައި ނެތެވެ.

މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދި ބައެއް މަގުގައި ޖަހާފައި ހުންނަ ގާތަށް ވަނީ ނެއްޓިފައެވެ. މާލެ ވަށައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅި މެރީ ބްރައުން ހުންނަ ސަރަހައްދުގެ ވެސް ތާރު ގަނޑުވެސް ވަނީ ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދިފައެވެ.

މަގުހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު އުޅަނދުފަހަރު ދުއްވާ މީހުންގެ ސަލާމަތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް މާލެގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރެއެވެ. އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވީ މަސައްކަތް ކުރަމުންދާ ސަރަހައްދުތައް މާކު ކުރަމުންދާ ކަމަށާއި އެ ސަރަހައްދުތަކުގައި ކޯންތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ފަޒާލު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެ މައްސަލަ މިހާބޮޑަށް ދިމާވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާ ގުޅިގެން ކަމަށެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކޮމިޓީއެއް އެކުލަވާލައި ފުލުހުންނާއި ސިޓީ ކައުންސިލާ ގުޅިގެން ވަކި އިންތިޒާމެއް ދަށުން މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ޝިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ގަވާއިދެއް ނެތި ބޮޑެތި ކުންފުނިތަކުން އެކި ބޭނުންތަކަށް މަގުތައް ބޭނުން ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މަގުތަކުގައި އަޅާފައި ހުންނަ ގާތަށް ނެއްޓި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި އުސޫލެއް ނެތި ދުއްވުމުގެ ސަބަބުން ބިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މާލެއަށް އެތެރެ ކުރާ އުޅަނދުތައް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ބޮޑު އަގުގައި މާލެ އެތެރެ ކުރާ ކާރުތަކާއި ސައިކަލްތައް އަވަހަށް ހަލާކުވާން މެދުވެރިވާ ސަބަބަކަށް މާލޭގެ މަގުތައް ވަނީ ވެފައެވެ. ސަބަބަކީ އަޑިގުޑަން މަގުތަކުގައި އެ ސައިކަލްތައް ދުއްވަން މަޖުބޫރު ވުމުން، އަވަހަށް ހަލާކުވާން މެދުވެރިއެވެ.

ކޮންމެ ރަމަޟާން މަހަކީ އެހެން މަސްމަހާ ޚިލާފަށް މާލޭގެ މަގުތަކުގައި ބާރު ބޮޑު ވަމުންދާ މަސްވަރެކެވެ. ގްރޫޕް ހަދާފައި ހަވީރު ފިންޏަށް ސައިކަލް ބުރު ޖަހަން ނުކުންނަ މީހުންނާއި ތުއްތު ކުދިން ގޮވައިގެން ދުއްވަން ނުކުމެ އުޅޭ އިރު ނުރައްކާތެރި އެކްސިޑެންޓުންތައް ހިނގާފައިވެއެވެ. އެފަދަ އެކްސިޑެންޓްތައް ހިނގަނީ ގިނަ ފަހަރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔުމުގެ ސަބަބުންނެއް ނޫނެވެ. މަގުތައް ހެދިފައި ހުންނަ ގޮތުންނާއި މަގުތައް މަރާމާތު ނުކުރުމުގެ ސަބަބުން ވެސް އެފަދަ ހިތާމެވެރި ހާދިސާތައް ހިނގައެވެ.

ވިއްސާރަ މޫސުމަކާ ދިމާވެއްޖެ ނަމަ، މަގުތަކުގެ ހާލަތު އެއަށް ވުރެ ބޮޑަށް ދަށް ވެގެންދެއެވެ. ފެން ބޮޑުވުމާއި ކުނިގިނަވެ، ފެނާއެކު އެ ކުނިތައް ދައުރުވެގެން ދަނީ ކާނުތައް ސާފު ނުކުރުމުގެ ސަބަބުންނެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގާއި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގުތަކުގައި ހެދިފައި ހުންނަ ވަޅުގަނޑުތަކުގައި ފެން ހެނދި، މަދިރިފަނި ވަނީ އާލާވެފައެވެ. އޭގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ބަލިމަނޑުކަން އިތުރަށް ބޮޑުވެގެން ދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

އުޅަނދުތައް މާލޭގެ މަގުތަކުގައި ދުއްވާތީ އުޅަނދުގެ ވެރިފަރާތުގެ އަތުން ނަގާ އަހަރީ ފީ އާއި ރޯޑުވާދިނަސް އާއި އެހެނިހެން ޓެކްސްތައް ދައްކަމުން ދަނީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށެވެ. ޓެކްސް ފައިސާ ދައުލަތަށް ދައްކަނީ އެ ބޭނުމުގައެވެ. އަސާސީ ހިދުމަތްތައް ލިބިދިނުމަށެވެ. އަމާން ވެއްޓެއް ގާއިމު ކުރުމަށެވެ. ނުރައްކަލުން ރައްކާތެރި ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި