ކ. މާލެ
|
29 މެއި 2018 | އަންގާރަ 19:14
އިދިކޮޅު ކޯލިޝަންގެ މައި ދެ ލީޑަރުން ކަމަށްވާ މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް
އިދިކޮޅު ކޯލިޝަންގެ މައި ދެ ލީޑަރުން ކަމަށްވާ މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް
ޓްވިޓަރ
އިދިކޮޅު ކޯލީޝަން
ކޯލިޝަންގައި އެޅި ރެނދު: ފައިދާ ބޮޑީ ސަރުކާރަށް!
 
ކޯލިޝަންތަކާ އެކު މާޒީގައި ކުރެވިފައި ވަނީ ހިތި ތަޖުރިބާތަކެއް
 
އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް ނެތް
 
ކޯލީޝަން ރޫޅެން މެދުވެރިވި މައިގަނޑު ސަބަބަކީ ވެރިކަމަށް ދަހިވެތިވުން

ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ނަމަވެސް އެއް ސަހުސަކަށް ނުވަތަ އެއް ޕާޓީއަކަސް ވެރިކަމަށް އައުމުގައި ދަތިތަކެއް އެބަހުއްޓެވެ. ކޯލިޝަނަކަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިދޭ ގޮތަށް ގާނޫނުގައި ނެތް ނަމަވެސް އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބަކަށް ބެލި ނަމަވެސް އެކަން އޮތީ އެގޮތަށެވެ. ކޯލިޝަނެއް ނުވަތަ ޕާޓީތަކެއް ގުޅިގެން ނޫނީ ވެރިކަން ވެސް ހޯދޭކަށް ނެތެވެ. އަދި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުތަކުގައި ވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މިހާތަނަށް ކޯލިޝަންތަކާ އެކު ކުރަންޖެހިފައި ވަނީ ހިތި ތަޖުރިބާއެކެވެ.

މާޒީގެ ފަތްފުށްތަކުން ކޯލިޝަންގެ ނާކާމިޔާބީތައް ފެންނަން އޮތް އިރު އަނެއްކާ ވެސް މި ވަނީ އެ މާޒީގެ ހަނދާންތައް ތާޒާވެފައެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީނު ވެރިކަމަށް ގެނައުމަށް އުފެދުނު ބޮޑު ކޯލިޝަން ރޫޅި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އުފެއްދި ކޯލިޝަނަކީމިހާތަނަށް އުފެދުނު އެންމެ ބޮޑު، އެންމެ ވަރުގަދަ އަދި އެންމެ ގިނަ ދުވަހަށް ދެމިގެން ދިޔަ ކޯލީޝަނެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެކުވެ އެމްޑީޕީއާ އަތުގުޅާލައި އުފެއްދި ބޮޑު ކޯލިޝަން ރިޔާސީ އިންތިޚާބާ ހަމައަށް ދެމިއޮންނާނެ ކަމަށް ގިނަ ބަޔަކު ދިޔާއީ އުންމީދުކުރަމުންނެވެ. އަދި ކޯލިޝަނުން ވެސް ބުނަމުން ދިޔައީ ރިޔާސީ އިންތިޚާބަށް ނުކުންނާނީ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކާ އެކުގައި ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީތަކުން ބުނަމުން ދިޔައީ ވެރިކަމަށް ކުރިމަތިލުމަށް މީހަކު ކަނޑައަޅަންޖެހޭ ހިސާބުން ކޯލިޝަން ރޫޅޭނެ ކަމަށެވެ. އިދިކޮޅުގައި މުޅިން ވެސް ތިބީ ވެރިކަމަށް ބޫތުކާފައި ތިބި ފަރާތްތައް ކަމަށެވެ. އިދިކޮޅުގައި ތިއްބެވި ކޮންމެ ލީޑަރެއްގެ ވެސް އަމާޒަކީ ދެން ތިބި ފަރާތްތަކުގެ އެހީގައި ވެރިކަމަށް އައުން ކަމަށެވެ. ކަން ވީ ވެސް އެހެންނެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު ކޯލިޝަންގައި ވަނީ ނުބެއްދޭ ވަރުގެ ބޮޑެތި ރެނދުތައް ލާފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރޫޅިފައެވެ.

ގާނޫނީ އެއްވެސް ހިމާޔަތެއް ލިބިދީފައި ނެތް ކޯލީޝަނަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަމަށް ނެރޭނެ ކެންޑިޑޭޓަކު އައްޔަންކުރާނެ އެއްވެސް އުސޫލެއް ގާއިމުކުރެވިފައި ނެތުމެވެ. ހާއްސަކޮށް ވާދަކޮށްގެން ކެންޑިޑޭޓަކު ކަނޑައެޅުމުގެ އެއްވެސް ފޯމިއުލާއެއް ނެތުމެވެ. އަނެއް މައްސަލައަކަށް ވެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަން ކޮންމެހެން ނިންމަންޖެހޭކަމަށް ބުނާ އިރު ވެސް އެ މަގުސަދު ހާސިލްކުރުމަށް އޮތް ހަމައެކަނި މަގު އިހްތިޔާރުކުރަން އިދިކޮޅުގައި ތިބި ފަރާތްތަކަށް އެއްބަސްނުވެވުމެވެ. ދޫދޭނެ އެއްވެސް ފަރާތެއް ނެތުމެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ބޭނުންފުޅުވަނީ ވެރިކަމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފަހަތަށް ޖެހިވަޑައިގަންނަވާކަށް ބޭނުންފުޅެއް ނޫނެވެ. ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައިސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަޅިން ވެސް ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅެއް ކަނޑައެޅުމުގެ ވާހަކައާ ހަމައިން ފަހަތު ފަޔަށް ބުރަވާތަން ދަނީ ފެންނަންމުންނެވެ. އެފަރާތްތަކަށް ވެސް ފާޅުގައި އެ ވާހަކަ ދެއްކުން ފަސޭހަ ކަމަކަށް ނުވެ އެވެ. ސަރުކާރުން ބުނާ ގޮތަށް ވެރިކަމުގެ ދަހިވެތިކަން މާ ބޮޑީއެވެ.

އިދިކޮޅު ކޯލިޝަންގައި ރެނދުތައް ލާންފެށިތާ ކިތަންމެ ދުވަހެކެވެ. މަޑުމަޑުން އެ ރެނދުތައް ހާމަވަމުން ގޮސް އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގައި ކުރިއެރުމެއް ނުލިބި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކެމްޕެއިން ފެއްޓެވުމާ އެކު ކޯލިޝަން ވަނީ ފަޅައިގެން ގޮސްފައެވެ. ކުރިންވެސް ލަފާކުރެވިފައިވާ ގޮތަށް އެއް ފަޅިއަށް އެރީ ޖޭޕީއެވެ. ފާއިތުވި ދެ ރިޔާސީ އިންތިޚާބުގައި ވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ގާސިމް އިބްރާހީމް އަދިވެސް ހުންނެވީ ވަރުގަދަ އަޒުމެއްގައެވެ. އެމަނިކުފާނުގެ ފަޅިއަށް މި ފަހަރު އެރުއްވީ މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޑރ. ޖަމީލާ އެކު އަބަދު ވެސް ކައިރީގައި އުޅުއްވާ "މިނިސްޓަރުންގެ ބައިގަނޑު" އަދި އެ ސަފުން ނުފެނުނަސް ބެލެވޭ ގޮތުގައި އެ ބޭފުޅުން ވެސް ތިއްބަވާނީ ގާސިމްގެ އަރިހުގައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކުރިން ފުރުއްވި އަލީ ވަހީދު އެ ލިސްޓަށް އިތުރުވިއެވެ. އަނެއްކޮޅުން އަދި ފެންނަނީ އެމްޑީޕީ އެކަންޏެވެ. ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ "ޕާޓީ" އިހްތިޔާރުކުރާނެ ގޮތެއް އަދި ނޭނގެއެވެ. އެފަރާތްތައް ވަކިން ތިބުމުގެ ބަދަލުގައި ކޮންމެވެސް އެއްފަޅިއެއް އިހްތިޔާރުކުރާނެކަން ކަށަވަރެވެ.

އިދިކޮޅު ކޯލީޝަންގައި ލީ ރެނދުތައް ފަޅައިގެން ގޮސް ފާޅުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު ބަޔަކު ކުޅިބަލަން ހެވިފައި އެބަ ތިއްބެވެ. މި ކޯޅުންގަނޑުގެ ފުރިހަމަ ފައިދާ ލިބިގެންދާނީ ސަރުކާރަށެވެ. ސަބަބަކީ މީގެ ކުރިން މުޅި ކޯލިޝަން ގުޅިގެން ސަރުކާރަށް ދޭ ހަމަލާތައް ވަރުގަދަވި ނަމަވެސް އެއަޑު ދެން މަޑުވެގެންދިއުމެވެ. އެމްޑީޕީ އާއި ޖޭޕީގެ ކޯޅުން މީސްމީޑިއާގައި މިހާރު ވެސް އަނގުރު އަލިފާންހެން އަނދަމުންދާ އިރު އޭގެ ފައިދާ ސަރުކާރަށް ތާއިދުކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ދަނީ ފުރިހަމަ އަށް ނަގަމުންނެވެ. އަނދަމުންދާ އަލިފާންގަނޑަށް ހަމަ ފުރުސަތެއް ލިބޭ އިރަށް އެ ފަރާތްތަކުން ދަނީ ތެލާއި ދަރުއަޅައި ވަރުގަދަކުރަމުންނެވެ. އެހެންކަމުން މިހާރު ކުރިމަތިވެފައިވާ ދެބަސްވުންތަކުގެ ހުރިހާ ފައިދާއެއްވެސް އޮތީ ސަރުކާރަށެވެ. ނަމަވެސް ސުވާލަކީ އެ ފައިދާ ނަގަން ސަރުކާރަށް އެނގޭނެބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
100%
ކޮމެންޓް
30 މެއި 2018 | ބުދަ 12:49
ދޮންމަނިކުބޭބެ
މިލިޔުމަކީ އަޅުގަނޑަށް ރާއްޖެއެމްވީ އިބް ފެނިގެންދިޔަ ވަރަށް އިންސާފުވެރި އަދި ދެފުށްފެންނަ ޙަޤީޤީ ލިޔުމެއް، ފާހަގަކޮށްފައިވާ މަޢުލޫމާތާއި ކަންކަމަކީ ހަމަ ސަތޭކައިގެ ވާހަކައެއް. ހުރިހާ އިދިކޮޅު ޕާޓީތައް ގުޅިގެން އިބްރާހިމް މުޙައްމަދު ސޯލިހު ނެރެފިނަމަ އެއްބުރުން އަދިކޮޅު ފަރާތްތަކަށް އިންތިޙާބު ކާމިޔާބުކުރެވޭނެ. މިހާރު އިދިކޮޅުފަރާތްތަކުން އުޅޭގޮތުން އެއްބުރުން ރައީސް ޔާމީނު ކާމިޔާބުކުރަނެ. އިދިކޮޅު ފަރާތްތަކަށް އަދިވެސް ކުޑަ ފުރުސަތެއް އެބައޮތް އެންމެބް ގުޅިގެން ހަރުދަނާ މަސައްކަތެއްކުރަން ނޫނީ އެއްލަކިން ރައީސް ޔާމީނު ޔަޤީން. އެކަން އެގޮތަށް ވުމާއި ނުވުން އޮތީ އިދިކޮޅު ޕާޓީ ތަކުން ނިންމާގޮތެއް.މިލިޔުމަށް އިންސާފުކޮށްލާއިރު އިދިކޮޅު ޕާޓީތައްވަނީ ރޫޅިފަ.
29 މެއި 2018 | އަންގާރަ 15:57
ކޯލިޝަން
މިއާޓިކަލް ލިޔުނު ބޭފުޅާއަށް ބުނެލަންއޮތީ ފަސާދަ އުފެދޭކަހަލަ ވާހަކަ ނުދައްކަވާށޭ!
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި