Advertisement
ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 23:15
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ޓްވިޓަރ
އެމްެއެންޑީއެފް
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ބޯޓު އޮތީ ގދ. ތިނަދޫ ހުޅނގުން323 ނޯޓިކަލް މޭލް ބޭރިގައި
ބޯޓުން ދަތުރުކުރި މީހުން ފެނިފައިވަނީ މިއަދު 16:30 ގައި
ބޯޓުގައި ދިވެއްސަކާއި އިންޑޮނީޝިއާގެ 9 މީހަކު ތިބި

އަންގާރަ ދުވަހުގެ ރޭ ރޯވެގެން އޮޔާދަނިކޮށް ފެނުނު ރާއްޖޭގެ މަސް ބޯޓުގައި ތިބި މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "މާކޮ ޕޯލޯ2"  ބޯޓުން ދަތުރުކުރި 10 މީހުން ބުދަ ދުވަހުގެ ހަވީރު 16:30 ހާއިރު ފެނިފައިވާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ "ސްޕެއަރ 10" ނަމަކަށް ކިޔާ ބޯޓުން އެމްއާރުސީސީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑޯނޭޝިއާގެ 9 މީހެއް ކަމަށް ބޯޓުގެ ވެރި ފަރާތާ ހަވާލާ ދީ އެމްއނެޑީއެފުން ބުނެއެވެ.

އީ- ފިޝް މޯލްޑިވްސް ޕަރއިވެޓް ލިމިޓޭޑްގެ މިބޯޓު އޮތީ ގދ. ތިނަދޫ ހުޅނގުން323 ނޯޓިކަލް މޭލް ބޭރިގައި ކަމަށެވެ. އެއީ ދިވެހިރާއްޖޭ ސަރަހައްދަށް ވުރެ 43 ނޯޓިކަލް މޭލް ބޭރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއުފުން ބުނީ ބޯޓުގެ އެއްބައި މިހާރު އަޑިއަށް ގޮސްފައިވަ ކަމަށާއި ބޯޓުން އަދިވެސް ދުން އަރަމުންދާ ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް