Advertisement
ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 03:11
ޔުމްނާ: އޭނާ ޕޮލިހަށް ހާޒިރުކުރާ ސަބަބެއް ފުލުހުން ވެސް ހާމައެއް ނުކުރޭ.
ޔުމްނާ: އޭނާ ޕޮލިހަށް ހާޒިރުކުރާ ސަބަބެއް ފުލުހުން ވެސް ހާމައެއް ނުކުރޭ.
ގޫގުލް
ޔުމްނާ މައުމޫނު
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
ފުލުހަށް ހާޒިރުވާން އެންގީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން
ހ. ތެމާގައި ހުރި އެޕާޓީގެ މުދާ ރައީސް ޔާމީންގެ ފެކްޝަނުން އެހެންތަނަކަށް ވަނީ ބަދަލުކޮށްފައި
ހާޑް ޑިސްކެއްގެ މައްސަލާގައި ކުރިންވެސް ވަނީ ބައެއް ބޭފުޅުންނާއި ސުވާލުކޮށްފައި

ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޔުމްނާ އަންގާރަ ދުވަހުގެ ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބުދަ ދުވަހުގެ ހެނދުނު 11.30 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.

ދުންޔާ މައުމޫނު ކުރެއްވި ޓްވީޓް

މި ސަރުކާރުގެ އެޑިިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ، ޔުމްނާ ފުލުހަށް ހާޒިރުވާން އެންގި ވަކި ސަބަބެއް އެކަމަނާ ވިދާޅުވެފައި ނުވިނަމަވެސް، ޕީޕީއެމްގެ ރަސްމީ އޮފީސް އޭރު ހިންގަމުން ދިޔަ ހ. ތެމާގައި ހުރި އެޕާޓީގެ މުދާ ރައީސް ޔާމީންގެ ފެކްޝަނުން އެހެންތަނަކަށް ބަދަލުކުރި އިރު، އެތަނުން ބައެއް ތަކެތި ގެއްލިފައިވާ މައްސަލަލެއް ފުލުހުން ދަނީ ބަލަމުންނެވެ.

މި މައްސަލާގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނެވި އަބުދުލް އަލީމާއި، ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރަހިމް ވެސް މީގެ ކުރިން ވަނީ ކޯޓަށް ހާޒިރުކޮށް ޕީޕީއެމްގެ އޮފީހުން މަދުވާ ހާޑް ޑިސްކަކާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް