ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 17:35
ފެނަކަ އިން ދިން 17 މިލިއަން ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ފެނަކަ އިން ދިން 17 މިލިއަން ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
މުހައްމަދު ޝަރުހާން
ޑޮލަރު ގަންނަން ފައިސާ ދިން މަ
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުން
ފައިސާ އަނބުރާ ހޯދުމަށް ޝަރޫ ލޯންޗް ސާވިސަސްއާ ދެކޮޅަށް ވަނީ ދައުވާ ކޮށްފަ
ސަތާރަ މިލިއަން ރުފިޔާ ދޫކުރީ 17 ގެ ރޭޓުން ޑޮލަރު ގަތުމަށް

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ގަންނަން ދިން 17 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދީފައިވަނީ ޝަރޫ ލޯންޗް ސާވިސަސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ފެނަކައިން ދޫކުރީ 17.7 ރުފިޔާގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑޮލަރު ގަންނަން ހިންގި އެ މުއާމާލަތުގައި އެކުންފުންޏަށް ލިބެންޖެހޭ ޑޮލަރު ވެސް އަދި އެ ކުންފުނިން ދިން 17 މިލިއަން ރުފިޔާ ވެސް އަނބުރާ ލިބިފައިނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ފައިސާ އަނބުރާ ހޯދަން ޝަރޫ ލޯންޗް ސާވިސަސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަން ޖެހޭތޯ ބެލުމަށާއި ފައިސާ ނުލިބުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ފައިނޭންޝަލް ޑެމޭޖް އެސެސްމެންޓެއް ހަދައިދިނުމަށް އެދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ އެސެސްމެންޓުން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ  މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ.

- ކޮމެންޓް