ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 17:24
ކްރިމިނަލް ކޯޓް: މިދިޔަ އަހަރު އެ ކޯޓުން 3،326 މައްސަލަ ނިންމި
ކްރިމިނަލް ކޯޓް: މިދިޔަ އަހަރު އެ ކޯޓުން 3،326 މައްސަލަ ނިންމި
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
3.98 ބިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެއް ސާބިތުވިއިރު، ކޯޓަށް ބަލައިގަނެފައިވަނީ 36.6 މިލިއަން ރުފިޔާ
މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވަނީ 2،732 މައްސަލަ
ނުނިމު ހުރި މައްސަލަތައް 13 ގާޒީންގެ ނިސްބަތުން ބަލާ ނަމަ ޖެހެނީ ގާޒީއަކަށް 49.9 މައްސަލަ

ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވެފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ސިވިލް ކޯޓުން ނެރުނު އެ ކޯޓުގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 3.98 ބިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެއް އެ ކޯޓުން ސާބިތުވެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 2.6 ބިލިއަން ރުފިޔާގެ މުއާމަލާތްތަކެއް ހިމެނޭ މައްސަލަތަކަކާއި 88.9 މިލިއަން ޑޮލަރުގެ މުއާމަލާތްތަކެއް ހިމެނޭ މައްސަލަތަކެކެވެ.  މީގެ އިތުރުން  336،191 ސިންގަޕޫރު ޑޮލަރު ހިމެނޭ މައްސަލަތަކެއް ވެސް ސާބިތުވެފައި ވެއެވެ.

ނަމަވެސް، އަހަރު ނިމުނުއިރު ދަރަނީގެ ގޮތުގައި ކޯޓަށް ބަލައިގަނެފައިވަނީ 36.6 މިލިއަން ރުފިޔާ އާއި ފަސް ލައްކައެއްހާ ޑޮލަރެވެ.

ސިވިލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވަނީ 2،732 މައްސަލަ އެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ނުނިމި އޮތް 1،243 މައްސަލައެއް ވެސް އެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެހެންކަމުން އެ ކޯޓުގައި މިދިޔަ އަހަރު ޖުމްލަ 3،975 މައްސަލަ ކުރިއަށް ގެންދިޔަ އެވެ.

އެ މައްސަލަތަކުގެ ތެރެއިން، 3،326 މައްސަލައެއް ނިންމައި ހުކުމް އިއްވާފައި ވެއެވެ. އަހަރު ނިމުނު އިރު، 649 މައްސަލައެއް ނުނިމި އޮތް ކަމަށް ކޯޓުން ބުނެ އެވެ.

ސިވިލް ކޯޓުން ބުނީ، ނުނިމު ހުރި މައްސަލަތައް 13 ގާޒީންގެ ނިސްބަތުން ބަލާ ނަމަ ޖެހެނީ ގާޒީއަކަށް 49.9 މައްސަލަ ކަމަށެވެ.

ޝަރީއަތަށް ނުގޮސް، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން މިދިޔަ އަހަރު 1،035 މައްސަލައެއް ހައްލުވި އެވެ. މިދިޔަ އަހަރު ހުށަހެޅުނު 1678 މައްސަލަ އާއި 2015 ވަނަ އަހަރު ނުނިމި އޮތް 289 މައްސަލައިގެ ތެރެއިން 52.6 އިންސައްތަ މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލުވި އެވެ.

- ކޮމެންޓް