Advertisement
ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 04:30
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު
މުހައްމަދު ޝަރުހާން
އެމްޑީޕީ
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހި ރައްޔިތުންގެ ތާއީދު ލިބިވަޑައިގަނެފައިވާ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނު މިއަދު ވަނީ ވަރަށް ބޮޑަށް ފެއިލްވެފައިކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ބ.ދަރަވަންދޫގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކުރާ ކޮންމެ ކަމެއްމެ ކުރަމުންގެންދަނީ ކޮރަޕްޝަން އެކަމުގައި ހިމެނޭފަދަ ގޮތަކަށް ކަމަށެވެ. ޝިފާ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ހެޔޮ ނިޔަތެއްގައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމަށާއި،   ކުރާ ކޮންމެ ކަމެއްގައިވެސް ހިމެނެނީ ވައްކަމާއި ފަސާދަކަމަށް ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ރައީސް ޔާމީންގެ މިފަދަ ނޭދެވޭ އަމަލުތައް މިއަދު ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއިދު ނެތްކަމަށާއި، އެމަނިކުފާނާއި އެމަނިކުފާނުގެ ސިޔާސަތު ފެއިލްވެފައިވާކަމަށެވެ.

"ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫން، އެމަނިކުފާނު މިއަދު ވަނީ ވަރަށް ބޮޑަށް ފެއިލްވެފަ،" ޝިފާ ވިދާޅުވި އެވެ.

މިސަރުކާރުގެ އަމާޒުހުރީ ރައްޔިތުން ބަނޑަށް ޖެއްސުމަށްކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި އަދި އަސާސީ ބޭނުންތަކަށް ބޭނުންކުރާ އެންމެހާ ބާވަތްތަކުގެ އަގު މިއަދު އިންތިހާއަށް ބޮޑުކުރަމުންދާ ކަމަށެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، މިގައުމު ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކޮށް، އަމާންތަނަކަށް ހެދުމަށް ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށްވެސް ޝިފާ ވަނީ ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް