ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 09:19
އިންތިޚާބާއި ބެހޭއިދާރާއިން ބުނިގޮތުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 14.94 މިލިއަން މީހުން އެބަތިބި
އިންތިޚާބާއި ބެހޭއިދާރާއިން ބުނިގޮތުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 14.94 މިލިއަން މީހުން އެބަތިބި
އަލްޖަޒީރާ
މެލޭޝިއާގެ އާއްމު އިންތިޚާބު
މެލޭޝިއާގެ އާއްމު އިންތިޚާބު މެއި 9 ގައި
ވޯޓްލުމުގެ ހައްގު އަލަށް ލިބިގެންދާ 1.7 މިލިއަން މީހުން އެބަތި
އިދާރީ ދާއިރާތައް ކަނޑައަޅާފައިވާގޮތާއިމެދު އަންނަނީ ފާޑުކިޔަމުން

މެލޭޝިއާގެ އާއްމު އިންތިޚާބު މެއި މަހުގެ 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި އިންތިޚާބުވެގެންދާނީ 61 އަހަރުވަންދެން ވެރިކަމުގައި އޮތް ކޯލިޝަނަށް ކުރިމަތިވާނެ ވަރުގަދަ އިމްތިޙާނަކަށެވެ.

ތަކެތީގެ އަގުބޮޑުބޮޑުވުމާއި ބޮޑުވަޒީރު އަމިއްލަފުޅަށް އުފެއްދެވި ދައުލަތުގެ ފަންޑުގެ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަނުގެ ތުހުމަތު އެޅިފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާގާއިއެކު ނުކުންނަ ބަރިސަން ނޭޝަނަލް(ބީއެން) ކޯލިޝަނަށްވަނީ ޕްރެޝަރ ކުރިމަތިވެފައެވެ.

އުމުރުފުޅުން 64 އަހަރުފުޅުގެ ނަޖީބަށް މި އިންތިޚާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި ބަލިކަށިވެފައިވާ މުއައްސަސާތަކުގައި ބީއެން ވަކި ހިއްޕާލާފައިވާ މިންވަރާއި އަދި މީގެ އިތުރުން އިދާރީ ދާއިރާތައް އޮޅުވާލައިގެން ވޯޓަށް މަކަރުހެދުމަށް ސަރުކާރުން ކުރަމުންގެންދާ ކަމަށް ތުހުމަތު ކުރެވޭ މަސައްކަތްތައް ހިމެނެވެ. ނަމަވެސް އެ މަނިކުފާނަށް ވަނީ އެއަށް ވުރެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެ ވަޑައިގެންފައެވެ. ގައުމުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު އަދި އެމަނިކުފާނުގެ މެންޓޯ ކުރީގެ ބޮޑުވަޒީރު މަހާތިރުވަނީ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓްގެ ގޮތުގައި އިންތިޚާބަށް ނުކުންނަވާފައެވެ.

އިންތިޚާބު ބާއްވާ ދުވަސް އަންގާރަ ދުވަހު އިއުލާނުކުރިއިރު އާއްމުކޮށް އިންތިޚާބުތައް ބާއްވާ ގޮތަށް ހަފްތާބަންދުގައި އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އިންތިޚާބު ބާއްވާނެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަސްމީ ދުވަހެކެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ އިންތިޚާބާއި ޚިލާފަށް ކެމްޕެއިންނަށް މިފަހަރު ލިބެނީ 15 ދުވަހުގެ ބަދަލުގައި އެންމެ 11 ދުވަހެވެ.

އެގައުމުގެ އިންތިޚާބާއި ބެހޭއިދާރާއިން ބުނިގޮތުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 14.94 މިލިއަން މީހުން ތިބިއިރު އޭގެ ތެރޭގައި ވޯޓްލުމުގެ ހައްގު އަލަށް ލިބިގެންދާ 1.7 މިލިއަން މީހުން އެބަތިއްބެވެ.

އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައިވަނީ ގާނޫނުހަދާ މަޖިލީހުން އިދާރީދާއިރާތައް އަލުން އެކުލަވާލުމާއި ބޮޑުވަޒީރު  ނަޖީބަށް ފަހިވާގޮތަށް ދޮގު ޚަބަރު ފެތުރުމާއި ދެކޮޅު ގާނޫނުގެ ނަމުގައި ފާސްކޮށްފައިވާ ގާނޫނުގެ ސަބަބުން އިންތިޚާބު އިންސާފުވެރި ނުވާނެކަމަށެވެ.

ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ބުނީ އިންތިޚާބު އޮބްޒަރވްކުރުމަށް އެ ކޮމިޝަނު ބައިނަލްއަގްވާމީ 14 ފަރާތަކާއި އެ ގައުމުގެ 14 ފަރާތެއް އައްޔަން ކޮށްފައިވާކަމަށެވެ.

 

- ކޮމެންޓް