Advertisement
ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 04:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މުހައްމަދު ޝަރުހާން
މައުމޫން
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

2016 ވަނަ އަހަރަށް އަލްވަދާއު ކިޔާއިރު، މިއަހަރަކީ މުހިންމު ގިނަ ގަނޫނުތަކެއް ފާސްކުރެވިގެންދިޔަ އަހަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

 

އައު އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަވާ މަސީހު ނުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރު ނިމިގެންދާއިރު މިއަހަރަކީ ދިވެހި ގައުމު ތަރައްގީގެ މައިދާނުގައި ގިނަކާމިޔާބީތަކެއް ހާސިލުކުރި އަހަރެއް ކަމަށެވެ. މަސީހު ވިދާޅުވީ، 2016 ވަނަ އަހަރަކީ ބަރުލަމާނީ ހަޔާތުގައިވެސް ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ކޮށް ނިންމާލެވި، އަދި މުހިންމު ގިނަ ގާނޫނުތަކެއްވެސް ފާސްކުރެވިގެންދިޔަ ކާމިޔާބު އަހަރެއް ކަމަށެވެ.

 

މަސީހު ވިދާޅުވީ، ކަނޑައެޅިފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފިސާރި ކެރިގެން މަޑުކުރުމެއްނެތި ހަލުވި ދުވެލީގައި ކުރިއަށް ދާންޖެހޭކަމަށާއި، މި އަމާޒަށް ދަތުރުކުރުމުގައި 2017 ވަނަ އަހަރު ދިވެހިރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްގީ ހާސިލްކޮށްދިނުމުގެ ކަންތައްތައް މިހާރުވެސް ހިނގަމުންދާކަމަށެވެ.

ރަށް ތަރައްގީވެ ގައުމު ތަރައްގީވަމުންދިއުމަކީ އެއްބަޔަކު މޮޅުވެފައި އަނެއްބަޔަކު ބަލިވުންނޫންކަމަށް މަސީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފަރުދީ ފެންވަރުގަޔާއި ޖަމާއަތުގެ ފެންވަރުގައި ހީވާގިކަމާއެކީ ޝައުގުވެރިކަން އިތުރުކޮށް ގައުމު ތަރައްގީކޮށް ޒަމާނީ ކުރުމުގައި ބައިވެރިވުން އިތުރުކުރުމުގެ ވިސްނުމާއި އަޒުމު މިއަދު އާކުރަންޖެހިފައިވާ ކަމަށެވެ.

 

އެއްދުވަހުން ކުރެވެންއޮތްކަމެއް ހަތަރު ފަސްދުވަހުން ކުރުމުގެ ވިސްނުންދޫކޮށް، ސްޕީޑް އަވަސްކުރުމަށް އަމާޒު ހިފަންޖެހޭކަން ފާހަގަކުރައްވާ މަސީހު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ހީވާގިކަމާއިއެކު ހަލުވި ސްޕީޑެއްގައި 2017 ވަނަ އަހަރުގައިވެސް ކުރައްވަމުން ގެންދަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް