ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 16:37
ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ
ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ
ނިއުސް ފަރސްޓް
ކަރޫ ޖަޔަސޫރިޔާ
ބާރު ހޯދުމަށް ފެން ބޮވައިގެންފައި ތިބި ސިޔާސީ ފަރާތްތަކުން އަދިވެސް ފައިސާއަށްޓަކައި ގައުމަށް ގައްދާރުވޭ: ލަންކާގެ މަޖިލިސް ރައީސް
ސްރީ ލަންކާއަށް މިނިވަންކަން ލިބިފައި ވަނީ 1948 ގައި

ބާރުވެރިކަމަށް ފެންބޮވައިގެންފައިވާ ވަކިވަކި ސިޔާސީ ފަރާތްތަކުން ފައިސާއަށްޓަކައި ގައުމަށް ގައްދާރުވި ފަދައިން މިހާރު ވެސް ސިޔާސީ ބާރުވެރިކަމަށްޓަކައި ގައުމަށް ޚިޔާނާތްތެރިވާން ތައްޔާރަށް ތިބި ސިޔާސީ ފަރާތްތައް އެބަ ތިބި ކަމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެއެވެ.

ޖަޔަސޫރިޔާ ވިދާޅުވީ "ކުރިޔަށް ވުރެ ބާރަށް ގައުމީ އެއްބައިވަންތަ ކަމަށް ގޮވާލެވެނީ މި ސަބަބާ ހުރެ. 1948 ވަނަ އަހަރު އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނުއިރު އަޅުގަނޑުމެން އިގްތިސާދީ ގޮތުން އޮތީ ޖަޕާނާ އެއް ހަމައެއްގައި. ކޮންމެއަކަށް ޖަޕާނު މިއަދު މާ ކުރީގައި އޮތް އިރު އަޅުގަނޑުމެން މިތިބީ މާ ފަހަތުގައި. އެހެން އެވީ ގައުމެއްގެ ގޮތުގައި އެމީހުން މާ އެކުވެރި,"

ގާނޫނުހަދާ މަޖިލީހުގެ ރައީސް މި ތަގުރީރު ދެއްވާފައި ވަނީ އެ ގައުމުގެ ވީރަ މަޑުގައްލެ ސްޓެޗޫ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައެވެ.

ކަރޫ ޖަޔަސޫރިޔާ މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވާއިރު މި މަހުގެ ހަތަރުވަނަ ދުވަހު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވަނީ ވޯޓެއް ނަގާފައެވެ.

ބޮޑުވަޒީރު ރަނިލް އެ ވޯޓް ކާމިޔާބު ކުރެއްވި އިރު ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުން އަޚުލާގި ހިފެހެއްޓެވުމަށް ވެސް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

- ކޮމެންޓް