ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 12:08
އިސްރާއީލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންތަކެއް
އިސްރާއީލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންތަކެއް
ރޮއިޓަރސް
އިސްރާއީލް-ފަލަސްތީނު
އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައި

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އެބަގެންދެއެވެ. 

"ގްރޭޓް މަރޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި، ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ ބޮޑު މުޒާހަރާއާ ބެހޭ ގޮތުން އިސްރާއީލުގެ ޑިފެންސް މިިނިސްޓަރު ވިދާޅުވެފައި ވަނީ "ގަވާއިދުތަކަށް އަމަލު ނުކުރާ މީހުންގެ ގަޔަށް ބަޑި ޖަހާނެ" ކަަމަށެވެ. 

ޣައްޒާ ބޯޑަރު ސަރައްދުގައި ކުރަމުންދާ މުޒާހަރާ ނުހުއްޓި ކުރިއަށްދާއިރު މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ކޮންމެ އަހަރެއްގެ މަރޗް 30 ވަނަ ދުވަހު ފަލަސްތީނު ރައްޔިތުން "ލޭންޑް ޑޭ" ދުވަސް ފާހަގަކުރަނީ 1976 ވަނަ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިން ފޭރިގަނެފައިވާތީއެވެ.

 

 

 

- ކޮމެންޓް