ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 08:16
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ މިސްރުގެ ހައި ކޯޓު އޮފް ޖަސްޓިސް
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ މިސްރުގެ ހައި ކޯޓު އޮފް ޖަސްޓިސް
ރޮއިޓަރސް
މުސްލިމް ބްރަދަހުޑް ޕާޓީ
މުސްލިމް ބްރަދަހުޑް ޕާޓީގެ އިތުރު 35 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
އެމީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ ކުށުގައި
އުމުރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް ސަލާމަތީ ބާރުތަކާއި ދައުލަތުގެ މުއައްސަސާތަކަށް ހަމަލާ ދޭން ރޭވިކަމުގެ ތުހުމަތު ކޮށްފައިވޭ
މީގެ އިތުރުން 135 މީހެއްގެ މައްޗަށް ތިން އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމް އިއްވާފައިވޭ

ޓެރަރިޒަމްގެ ކުށް ސާބިތުވެ، މިސްރުގައި ކުރިން ވެރިކަން ކުރި މުސްލިމް ބްރަދަހުޑް ޕާޓީ އަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ 35 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މިސްރުގައި މިހާރު މަނާކޮށްފައިވާ މުސްލިމް ބްރަދަހުޑް ޕާޓީގެ މެމްބަރުން ކަމަށް ބެލެވޭ، 35 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިސްރުގެ ސަލާމަތީ ބާރުތަކާއި ދައުލަތުގެ މުއައްސަސާތަކަށް ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ހަނގުރާމަވެރިންގެ ވިއުގައެއް އެކުލަވާލި ކަމުގެ ކުށުގައެވެ.

މީގެ އިތުރުން މިސްރުގެ ސޮހާގް ކްރިމިނަލް ކޯޓުން ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވި އިތުރު 155 މީހަކު ތިން އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެމީހުންގެ ތެރޭގައި މިސްރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ސަލާމަތީ އޮފިޝަލުންނާއި، މަނާ ކޮށްފައިވާ ޖަމާއަތަކާއި ގުޅުން ފަދަ ކުށްތައް ހިމެނެއެވެ.

މި މީހުންގެ މައްޗަށް ބުދަ ދުވަހު އިއްވި ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިސްރުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިސްރުގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ފަހު އެގައުމުގައި ބޭއްވި މިނިވަން އިންތިޚާބުތަކުގައި މުސްލިމް ބްރަދަހުޑް ޕާޓީ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އަދި 2012 ވަނަ އަހަރު އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، މުސްލިމް ބްރަދަހުޑް ޕާޓީގެ ލީޑަރު މުޙައްމަދު މުރްސީ އެގައުމުގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވި އެވެ.

އެހެން ނަމަވެސް މުރްސީގެ ރިޔާސީ ދައުރަށް ގާތްގަނޑަކަށް އެއް އަހަރު ފުރުނު ފަހުން، އެގައުމުގެ އަސްކަރިއްޔާ އިން ގެނައި ބަގާވާތަކުން މުރްސީގެ ވެރިކަން ނިމުމަކަށް ގެނައެވެ.

މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަން ވައްޓާލުމަށް ފަހު، އެ ޕާޓީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި މިސްރުގައި މުސްލިމް ބްރަދަހުޑް ޕާޓީ މަނާކުރި އެވެ.

މުސްލިމް ބްރަދަހުޑް ޕާޓީގެ ފަރާތުން ވެރިކަން ކުރެއްވި މުޙައްމަދު މުރްސީ މިހާރު ގެންދަވަނީ، ތަފާތު ތިން ކުށެއް ސާބިތުވެ، ޖަލު ހުކުމްތަކެއް ތަންފީޒް ކުރަމުންނެވެ.

- ކޮމެންޓް