ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:49
ނާސިމް އަގްދާމް ޔޫޓިއުބްގައި ތަފާތު ވީޑިއޯތައް ޕޯސްޓް ކޮށްފައިވޭ
ނާސިމް އަގްދާމް ޔޫޓިއުބްގައި ތަފާތު ވީޑިއޯތައް ޕޯސްޓް ކޮށްފައިވޭ
ޔޫޓިއުބް
ޔޫޓިއުބް ބަޑީގެ ހަމަލާ
ޔޫޓިއުބް ބަޑީގެ ހަމަލާ: ހަމަލާދިނީ އަޕްލޯޑް ކުރާ ވީޑިއޯއާއިމެދު ކަންތައް ކުރާގޮތުުން
ނާސިމް އަގްދާމް ޔޫޓިއުބްގައި ތަފާތު ވީޑިއޯތައް ޕޯސްޓްކޮށްފައިވޭ

ކެލިފޯނިއާގައި ހުންނަ ޔޫޓިއުބްގެ ހެޑްކުއާޓަރއަށް ބަޑީގެ ހަމަލާދިނީ އަޕްލޯޑްކުރާ ވީޑިއޯއާއިމެދު ކަންތައްކުރާ ގޮތުން ރުޅިއައިސްގެން ކަމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ  ބުނެފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާއަކީ އުމުރުން 39 އަހަރުގެ ނާސިމް އަގްދާމް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ދަނީ ހަމަލާދިން ސަބަބު އަދިވެސް ތަހުގީގު ކުރަމުންނެވެ.

އެމެރިކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަގްދަމް ރުޅި އައީ ޔޫޓިއުބުން އޭނާގެ ވީޑިއޯތައް ފިލްޓަރ ކުރުމަށް ފަހު އޭނާއަށް ފައިސާ ލިބޭނެ ވަރު މަދުކުރަމުންދާތީއެވެ.

އަންގާރަ ދުވަހު ދިން ހަމަލާގައި ދެ އަންހެނުންނާއި ފިރެހެނަކު ވަޒަންއަރައި ޒަޚަމްވިއެވެ. ހަމަލާދިން މީހާވަނީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެން މަރުވެފައެވެ.

ކެލިފޯނިއާގެ ސެން ބްރޫނޯގެ ފުލުހުން ބުނީ ހަމަލާދިން މީހާއަށް ޒަޚަމްވި މީހުން އެނގޭކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރެއިން އުމުރުން 36 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވި ދެ އަންހެނުންގެ ތެރެއިން އެކަކަކީ 32 އަހަރުގެ މީހެއްކަމަށްވާއިރު ދެވަނީ މީހާއަކީ 27 އަހަރުގެ މީހެކެވެ.

ނާސިމް އަގްދާމް ދިރިއުޅެމުންދަނީ ކެލިފޯނިއާގެ ސެން ޑިއޭގޯގައެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް މާ ތަފްސީލް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ ޔޫޓިއުބުގައި ޗެނަލަކާއި ވެބްސައިޓެއްވެސް ހިންގައެވެ.

އޭނާގެ ޗެނަލް،ނަސީމީ ވޮންޑަރ ، މިހާރުވަނީ ޑިލީޓް ކޮށްލާފައެވެ. ގާތްގަނޑަކަށް 5،000 އެއްހާ މީހުން ސަބްސްކަރައިބްކޮށްފައިވާއިރު އެ ޗެނެލް މިހާރުވަނީ ޑިލީޓްކޮށްލާފައެވެ. 2017 ވަނަ އަހަރު އޭނާ ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައިވަނީ ޔޫޓިއުބުން އޭނާގެ ވީޑިއޯތައް ފިލްޓަރ ކުރާ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ލިބިންޖެހޭ ފައިސާ މަދުވެގެންދާ ކަމަށެވެ.

- ކޮމެންޓް