ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 23:01
އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަނީ
އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ސުޕްރީމް ކޯޓް އަމުރު
އެއްވުމުގެ ބައިވެރިން މަގު މައްޗަށް
ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ޖެހި
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒުގެ އިތުރުން އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައި
އައްޑޫގައި ސިފައިން ވެސް މަގުތަކަށް ނުކުމެފައިވޭ

21:35 އާޓިފިޝަލް ބީޗްގައި ތިބި އެއްްވުމުގެ ބައިވެރިން ފަހާލުމުން، ކުއްލި ގޮތަކަށް މަގުތަކަށް ނުކުމެއްޗެ އެވެ. މަގުތަކުގައި މިހާރު ދަނީ އަޑު އުފުލަމުންނެވެ. 

 

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މުޒާހަރާ ފަށައިފިއެވެ.

މާލެ އާއި އައްޑޫގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުންދާއިރު، ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ގިނަ ރަށްތަކެއްގައި ދަނީ އަޑު އުފުލަމުންނެވެ.

އައްޑޫގައި ކުރިއައްދާ އެއްވުން

އިދިކޮޅު ޕާޓީތަކުން އެއްވުމެއް ބާއްވަން އިއުލާނުކޮށްފި ނަމަ، ފުލުހުން އާންމުކޮށް އަމަލުކުރާ ގޮތަށް، މިއަދުގެ އެއްވުމަކީ ސުލުހަވެރި އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ސުލުހަވެރި ނޫން އެއްވެސް އަމަލެއް ހިނގުމުގެ ކުރިން އަދި އެއްވުން ރަނގަޅަށް ފެށުމުގެ ކުރިން ފުލުހުން ވަނީ އެމްޑީޕީގެ ހަރުގެ ހިސޯރުކޮށް، މުޅި ސަރަހައްދުގައި ބެރިކޭޑް ޖަހައިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު އެއްވުން ފެށުމުގެ ކުރިން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު އަހްމަދު އަދުހަމް އާއި އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަމްރު އަދި ކަނޑިތީމު ދާއިރާގެ ރައީސް މުހައްމަދު ޝަމީމް ވަނީ ހައްޔަރުކޮށްފައެވެ.

 

މިއަދުގެ އެއްވުމުގައި މީހަކު ހައްޔަރުކުރަނީ 
 

މާލޭގެ އެއްވުން ރޫޅާލުމަށް ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ޖެހިއިރު، އައްޑޫގައި ބޭއްވި ލޮރީ ބުރަށް ހުރަސް އެޅުމުގެ ގޮތުން ސިފައިންނާއި ފުލުހުން ވަނީ ލިންކް ރޯޑް ބަންދުކޮށްފައެވެ. އައްޑޫގައި މަގު ބަންދުކުރުމާއެކު، ވެހިކަލްތަކުން މީހުން ފައިބައި ވަނީ އަޑުއުފުލަން ފަށައިފައެވެ.

ސުލުހަވެރި އެއްވުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދިޔައިރު، ނޫސްވެރިންގެ މޫނަށް ވެސް ވަނީ ޕެޕަރ ސްޕްރޭ ޖަހައިފަ އެވެ.

އެމްޑީޕީގެ ހަރުގެއަށް ރަޔަޓް ފުލުހުން ޝީލްޑާއެކު ވަދެ، މީހުން ބޭރުކޮށް ސައުންޑް ވެސް ކަނޑާލި އެވެ. ހަރުގެއިން މީހުން ބޭރުކުރުމާއެކު އާޓިފިޝަލް ބީޗް ސަރަހައްދާއި މަގުތަކުގައި ތިބެ މީހުން ދިޔައީ އަޑު އުފުލަމުންނެވެ.

މި ސަރުކާރަކީ ވެއްޓިފައިވާ ސަރުކާރެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވިއިރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ މިހާރު ގާނޫނާ ހިލާފު އަމަލު ހިންގަމުންދަނީ ސިފައިންގެ ދެތިން ޖެނެރަލުންކަމަށާއި އެ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

 

މިއަދުގެ އެއްވުމުގެ ލައިވް ބްލޮގް

އެއްވުމުގެ ފޮޓޯ ގެލަރީ 

އެއްވުމުގެ ފޮޓޯ ގެލަރީ 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް