ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 12:42
އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް
އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް
މުހައްމަދު ޝަރުހާން
ޑީސަލް އާއި ޕެޓްރޯލް
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި
ޑީސަލް ލީޓަރަކުން 80 ލާރި ބޮޑު ކޮށްފައިވޭ
ޕެޓްރޯލް ލީޓަރަކުން 54 ލާރި ބޮޑު ކޮށްފައިވޭ
މިއަދުން ފެށިގެން ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 10.41 ލާރި އަށް

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބުދަ ދުވަހުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 54 ލާރި ބުދަ ދުވަހުން ފެށިގެން ބޮޑު ކޮށްފައިވާ ކަމަށެވެ.

އެސްޓީއޯއިން މި ގެނައި ބަދަލާއެކު، މިހާރު ޕެޓްރޯލާއި ޑީސަލް ލިޓަރެއް ވިއްކާ އަގަކީ 10.41 ލާރި  ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށެވެ.


އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރުވެސް ތެލުގެ އަގު ބޮޑުކޮށްފައިވާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންގޮސްފައި ވަނީ 9.87 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ގެންގޮސްފައިވަނީ 9.61 ރުފިޔާއަށެވެ.


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 70 ޑޮލަރަށް އަރައިފައެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް