ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 19:11
ސްލިމް ފިޓިންގް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނުތައް
ސްލިމް ފިޓިންގް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނުތައް
ސިމާހާ ނަސީމް
ސްލިމް ފިޓިން
ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ
ހޮޅި ތައްޔާރު ކުރެވިފައިވަނީ ފަސޭހަކަމާއެކު އަވަހަށް ހަރުކޮށްލެވޭ ގޮތަށް
ހޮޅިތައް ހައި ޕްރެޝަރުގައިވެސް ބޭނުން ކުރެވޭނެ
މި ހޮޅިތަކުގެ ވޮރެންޓީއަކީ 50 އަހަރު

މަޝްހޫރު ޗާންދަލިޔާ ބުކްސޮޕް ހިންގަމުން އަންނަ ކުންފުނީގެ ފަރާތުން ހާޑްވެއަރ އެއްޗެހި ވިއްކާ ޝޯރޫމެއް "ސްލިމް ފިޓިންގް" ގެ ނަމުގައި ޗާންދަނީ މަގުގައި ހުޅުވާފައިވާއިރު މި ޝޯރޫމް އިން ފެންވައިރު ކުރުމަށް ބޭނުންވާ ކޮލެޓީ ރަނގަޅު ބައެއް ސާމާނުތައް ވިއްކަމުންދެއެވެ.

ޗާންދަލިޔާގެ މާރކެޓިންގ މެނޭޖަރު ނަލަކަ ވިދާޅުވީ ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅި ތައްޔާރު ކުރެވިފައިވަނީ ފަސޭހަކަމާއެކު އަވަހަށް ހަރުކޮށްލެވޭ ގޮތަށް ކަމަށާއި މި ހޮޅިތައް ހައި ޕްރެޝަރުގައިވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ހޮޅިތަކުގެ ވޮރެންޓީއަކީ 50 އަހަރު ކަމަށް ނަލަކަ ބުންޏެވެ.

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ބައެއް ފައިދާތަކަކީ ސްލިމް ފިޓިންގް ގުޅުމުގައި އެއްވެސް ތެރަހެއް ބޭނުން ކުރަން ނުޖެހުމާއި ފެންލީކު ނުވުމާއި، ފާރުތެރޭގައި ވައިރުކުރަން ފަސޭހަވުމާއި ފެހި ނުޖެހުމާއި ޖަރާސީމު އުފެދުމުގެ ފުރުސަތު ނެތުމާއި ހަރަދު ކުޑަވުން ކަމަށް އެ ޝޯރޫމް އިން މައުލޫމާތުދެއެވެ.

މި ޝޯރޫމް އިން ވިއްކާ ސާމާނުތަކާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް 3317894 ނަންބަރަށް ގުޅުމަށް ޗާންދަލިޔާގެ މާކެޓިންގް މެނޭޖަރު އެދިވަޑައިގެންނެވިއެވެ.

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ އިތުރުން ފެންވައިރު ކުރުމަށް ބޭނުންވާ ފެހި ހޮޅީގެ އޮރިޖިނަލް ފިޓިންގްސް ވެސް އެ ޝޯރޫމް އިން ލިބެން ހުރެއެވެ.

މި ޝޯރޫމް އިން ވިއްކާ ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

 

 

 

 

 

 

      

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް