ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 12:43
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
ފޭސްބުކް
ސްރީލަންކަން އެއަރލައިންސް
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި
ޓިކެޓްގެ އަގު ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަނީ

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ނެރުނު ބަޔާނެއް ބުނެފައި ވަނީ ހުރިހާ މަންޒިލެއްގެ ޓިކެޓްގެ އަގު ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

މިހާރު އެކި މަންޒިލްތަކަށް ދަތުރުކުރުމަށް ޓިކެޓްގެ ބުކިންގް ހައްދާފައިވާ ކަސްޓަމަރުން ޖެނުއަރީ 15 ވަނަ ދުވަހުގެ ކުރިން ޓިކެޓް ނެގުމަށް އެ އައަރލައިންސް އިން ވަނީ އެދިފައެވެ. އޭގެ ފަހުން ނަގާ ޓިކެޓްތަކަށް ފިއުލް ސާޗާޖް ނަގާނެ ކަމަށް އެ އެއާލައިންސް އިން ބުނެއެވެ. 

ޖަނައަރީ 15 ވަނަ ދުވަހުން ފެށިގެން ވަންވޭ ޓިކެޓަކަށް ފިއުލް ސާޗާޖްގެ ގޮތުގައި ހަތަރު ޑޮލަރު އަދި ރިޓާން ޓިކެޓަކަށް އަށް ޑޮލަރު ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ރާއްޖެއަށް މިހާރު ވެސް އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކުރަނީ ސްރީލަންކަން އެއަރލައިންސް އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް