ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 20:01
ގަވަނަރ އެންޑްރިއު ކުއޯމޯ
ގަވަނަރ އެންޑްރިއު ކުއޯމޯ
ފޭސްބުކް
ޕޭރޯލް ޓެކްސް ސިސްޓަމް
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް

ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް ކަމަށް ނިއުޔޯކުގެ ސްޓޭޓް އޮފިޝަލް ވިދާޅުވެއްޖެއެވެ.

ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު މިކަމާއި ގުޅޭގޮތުން ރޮއިޓާސް ނޫހަށް މައުލޫމާތު ދެއްވަމުން ސްޓޭޓް އޮފިޝަލް ވިދާޅުވީ ކުންފުނިތައް ސްޓޭޓް އިންކަމް ކޯޑަކުން ޕޭރޯލް ޓެކްސް ސިސްޓަމަކަށް ބަދަލުކުރުމުގެ ވިސްނުން ވަރަށް ބޮޑަށް ހުޅުވިފައިވާ ކަމަށެވެ.

އެ ޤައުމުގެ ގަވަނަރ އެންޑްރިއު ކުއޯމޯ ވިދާޅުވީ އެމެރިކާގެ ޓެކްސްގެ ނިޒާމަށް ދާދި ފަހުން ގެނެވުނު ބަދަލުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިންކަމް ޓެކްސްގެ ބަދަލުގައި ޕޭރޯލް ޓެކްސްގެ ނިޒާމު ބޭނުން ކުރުމަށް ހުރި ފުރުސަތުތައް ދެނެގަންނަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޭރޯލް ޓެކްސް ސިސްޓަމުގެ ސަބަބުން އާންމުންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށް އެ ޤައުމުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް