ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 18:14
ތަވަބަލަން ޕޫބަލަސިންހަމް
ތަވަބަލަން ޕޫބަލަސިންހަމް
އަހުމަދު މުހުސިނު
އުރީދޫ
އުރީދޫގެ ސީއެފްއޯއަކަށް ތަވަބަލަން ޕޫބަލަސިންހަމް އައްޔަން ކޮށްފި
ބޯޑު ޑައިރެކްޓަރެއްގެ މަޤާމަށްވެސް ވަނީ އައްޔަން ކޮށްފައި
ވަބާލަން ޕޫބަލަސިންހަމް އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސްގެ މެންބަރެއް

އުރީދޫ މޯލްޑިވްސް ޕީއެލްސީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ)ގެ މަޤާމަށް އަދި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން އައްޔަން ކުރައްވާފައިވާ ބޯޑު ޑައިރެކްޓަރުގެ މަޤާމަށް މިސްޓަރ ތަވަބަލަން ޕޫބަލަސިންހަމް އައްޔަނު ކޮށްފިއެވެ.

އުރީދޫއިން ބުނީ މެލޭޝިޔާގެ ރައްޔިތެއް ކަމުގައިވާ ތަވަބަލަން ޕޫބަލަސިންހަމްއަށް މުވާސަލާތީ ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާއިރު، އުރީދޫ މޯލްޑިވްސް އާއި ގުޅިވަޑައިގަތުމުގެ ކުރިން އެބޭފުޅާ މަސައްކަތް ކޮށްފައި ވަނީ އުރީދޫ މިޔަންމަރގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ކަމަށެވެ.

ތަވަބާލަން ޕޫބަލަސިންހަމް އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ މެންބަރެކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމަށް ތަވަބާލަން ޕޫބަލަސިންހަމް އައްޔަނުކޮށްފައި ވަނީ، ކުރީގެ ސީއެފްއޯ ރަމަނަތަން ސިވަކުމާރް އެމަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އެކުންފުނިން ބުނީ ކުރީގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވިއިރު ރަމަނަތަން ސިވަކުމާރް ވަނީ ކުންފުނީގެ ކާމިޔާބީތަކާއި ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި، ރަމަނަތަން ސިވަކުމާރް އަށް ކާމިޔާބު މުސްތަޤްބަލަކަށް އުރީދޫ މޯލްޑިވްސް އިން އެދޭ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި ބޯޑު ޑައިރެކްޓަރެއްގެ މަޤާމަށް ތަވަބާލަން ޕޫބަލަސިންހަމް އައްޔަންކުރެވުމާ ގުޅިގެން ކުންފުނީގެ ފަރާތުން އެބޭފުޅާއަށް އަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށާއި  ތަވަބާލަން ޕޫބަލަސިންހަމްގެ އިރުޝާދާއި އެހީތެރިކަމާއެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދާނެކަމަށް ޔަގީންކުރާ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް