ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 18:24
ގެޓްސެޓް ލޯނު ލިބުނު ފުރަތަމަ ބެޗް
ގެޓްސެޓް ލޯނު ލިބުނު ފުރަތަމަ ބެޗް
އިކޮނޮމިކް މިނިސްޓްރީ
ގެޓްސެޓް ލޯން
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
މިއަހަރުވެސް ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ
ހަމަކޮށްފައިވަނީ ހަމައެކަނި ގެޓްސެޓް ނަމްބަރު

ގެޓްސެޓް ލޯނު ލިބުނު 37 ޒުވާނުންގެ ގެޓްސެޓް ނަންބަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އާންމު ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކުރެވިގެން ސަރުކާރުން ކުރިއަށް ގެންދަވާ ލޯން އެހީގެ ދަށުން މިއަހަރު ގެޓްސެޓް ލޯނު ލިބުނު 37 ޒުވާނުންނަށް ލޯނު ހަވާލުކުރުމުގެ ކަންތައް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ.

ލޯނު ލިބުނު ފަރާތްތަކުގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައެއް ނުވެއެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް މި ސަރުކާރުން ފަށާފައިވާ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން މިއަހަރު ވެސް ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެއެވެ. ގެޓްސެޓް ލޯނުގެ އިންޓްރެސްޓަކީ ސުންޕަސެންޓާ އަށް ޕަސެންޓާ ދެމެދުގެ އަދަދެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް ގްރޭސް ޕީރިއަޑަކާއެކު ނުވަ އަހަރު ލިބޭނެއެވެ. ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ވެސް ތިން ލައްކަ އާއި އަށް ލައްކައާއި ދެމެދުގެ އަދަދެއް ދޭނެއެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް