ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 21:40
އެމްއައިޓީޑީސީ އިން ބޭއްވި ޕްރެސް
އެމްއައިޓީޑީސީ އިން ބޭއްވި ޕްރެސް
ފާތިމަތު ޝަނާ މުހައްމަދު
ކާށިދޫ ގެސްޓް ހައުސް
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
ކާށިދޫއަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް ސްކޯޕް އޮތް ރަށެއް
މިއީ 4 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް
10 ގެސްޓް ހައުސް އެޅުމަށް ވަނީ ހަމަޖެހިފައި

ކާށިދޫގައި ގެސްޓް ހައުސް ތަކެއް އެޅުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ.

" ކާށިދޫ ގެސްޓް ހައުސް ޕްރޮޖެކްޓް" ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓަކީ 4 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް އެމްއައިޓީޑީސީ އިން ބުނެ އެވެ.

އެމްއައޓީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކާށިދޫގައި 10 ގެސްޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އަޅާ 10 ގެސްޓް ހައުސްގައި 25 ކޮޓަރި ހުންނާނެ ކަމަށާއި ގާތްގަނޑަކަށް 250 އެނދު އެކުލެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގެސްޓް ހައުސްތަކާ އެކު ރެސްޓޯރެންޓްތަކާއި ވޯޓަރ ސްޕޯޓްސް ވެސް އެރަށަށް މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އަމިއްލަ ފަންޑު ރެއިސް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ މޮޑެލް މި ގެންގުޅޭ ގޮތަކީ، އެސަރަހައްދެއްގައި އެ ޑިވެޕޮލްމެންޓަކާއި ގުޅޭ އިތުރު ހިދުމަތްތައް ވެސް ފޯރުކޮށްދިނުން. މިކަމުން ވެސް ވަރަށް ބޮޑު ފައިދާއެއް ކުރޭ. މި ޕްރޮޖެކްޓް ނިމޭ އިރު ވަކި ސަރަހައްދެއް ހެދިގެންދާނެ. ކާށިދޫއަކީ މިފަދަ މަސައްކަތެއް ކުރުމަށް ވަރަށް ބޮޑު ސްކޯޕެެއް އޮތް ގައުމެއް." ޝާހިދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު ވިދާޅުވީ، ކާށިދޫގައި ގެސްޓް ހައުސްއެއް ކުރިއަށްގެންދާއިރު އެރަށުގައި ގެސްޓް ހައުސް އެޅުމަށް އެންމެ ރަގަޅު ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެ ކަން ހަމަޖެހުމުން އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެމްއައިޓީޑީސީ އަކީ ޓޫރިޒަމްގެ ދާއިރާއަށް އިންވެސްޓް ކުރުމުގެ ގޮތުން އެކުލަވާލާފައިވާ ކުންފުންޏެއް. އެބޭފުޅުން ބަރެސްދޫ ޕްރޮޖެކްޓްވެސް އެބަ ކުރިއަށް ގެންދޭ. އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ކާމިޔާބު ކަމާ އެކު ކާށިދޫ ޕްރޮޖެކްޓްވެސް ކުރިއަށްގެންދެވޭނެ ކަމަށް." ލިރާރު ވިދާޅުވި އެވެ.

 ކާށިދޫގައި ގެސްޓްހައުސް ޕްރޮޖެކްޓެއް ހިންގުމަށް މަސައްކަތް ކުރަމުންދާއިރު ބަރެސްދޫގައި ވެސް 50 ގެސްޓް ހައުސް އެޅުމުގެ ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ވަނީ ފަށާފަ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރެއް އެރަށުގައި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް