ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 18:55
އެމްސެވަން ބުކް ސްޓޯރުގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ރަޝީދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
އެމްސެވަން ބުކް ސްޓޯރުގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ރަޝީދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
ސިމާހާ ނަސީމް
އެމްސެވަން ޕްރޮމޯ
އެމްސެވަން ބުކް ލިސްޓު ޕްރޮމޯ ފަށައިފި
ފޮތް ލިސްޓުތައް ފަސޭހައިން ގެންދެވޭނެ ގޮތަކަށް ފޮއްޓެއްގައި ބަންދު ކުރެވިފައިވޭ
މި ޕްރޮމޯޝަން އޮންނާނީ ނޮވެމްބަރ 10 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 15 ދުވަހާ ހަމައަށް

އެމްސެވަން ބުކް ސްޓޯރުން "އެމްސެވަން ބުކް ލިސްޓް ޕްރޮމޯ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ ނޮވެމްބަރ 10 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 15 ދުވަހާއި ހަމައަށެވެ.

އެމްސެވަން ބުކްސްޓޯރުގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ ފޮތްބައި ފަސޭހައިން ގެންދެވޭނެ ގޮތަކަށް ފޮއްޓެއްގައި ބަންދު ކުރެވިފައިވާ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ ފޮތްތައްވެސް ފަސޭހަކަމާ އެކު އެ ބުކްސްޓޯރުން ލިބޭނެ ކަމަށެވެ.

ފޮތް ލިސްޓް ވައުޗަރ ހިފައިގެން ބުކްޝޮޕަށް ގޮސް ގިނައިރު މަޑުކުރަން ނުޖެހި ފަސޭހަކަމާ އެކު ހަލުވި ސްޕީޑެއްގައި ފޮތް ލިސްޓަށް ފޮތްތައް ލިބޭނެކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

އެމްސެވަން ބުކް ސްޓޯރުގެ އަމާޒަކީ ކަސްޓަމަރުންނާ ހަމައަށް ކޮލިޓީ ރަނގަޅު ފޮތާއި ސްޓޭޝަނަރީޒް ފޯރުކޮށްދިނުން ކަމުގައި އެ ފަރާތުން ބުނެއެވެ.

އެމްސެވަން ބުކް ސްޓޯރުން ބުނީ ފާއިތުވި 4 އަހަރު ދުވަހު ތަފާތު އެކި ސްޓޭޝަނަރީތަކާއި ފޮތްބައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އެ ފަރާތުން ބޮޑު އިންގިލާބެއް ގެނެސްފައިވާ ކަމަށެވެ.

އެމްސެވަން އިން ބުނީ އެ ބުކްޝޮޕުން ފޮތްބައި ދޫކުރަން ނިންމީ ރަށްތަކުން ފޮތްލިސްޓަށް ފޮތްބައި ބަލައި އަންނަ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް އެކަމަށް ބޮޑު ބަދަލެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ.

އެމްސެވަން ބުކްސްޓޯރުގެ އޭޖެންޓުން އަތޮޅު ތެރޭގައިވެސް ހަރަކާތްތެރިވާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

އެމްސެވަން އަކީ ރާއްޖޭގައި ފޮތްބައި މިގޮތަށް ޕެކް ކުރެވިގެން ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭ ފުރަތަމަ ބުކްޝޮޕް ކަމުގައި އެ ބުކްސްޓޯރުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
67%
0%
0%
0%
33%
ކޮމެންޓް