ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 18:42
ރާއްޖެ އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ
ރާއްޖެ އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ
އަޒުމޫން އަހުމަދު
ޓޫރިސްޓުންގެ ނިސްބަތް
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިން
މިދިޔަ މަހު ރާއްޖެ އަށް 127،986 ޓޫރިސްޓުން އައިސްފައިވޭ

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 127،986 ޓޫރިސްޓުން އައިސްފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު އައީ 117,489 މީހުންނެވެ. މިއީ 8.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާ އިންނެވެ. އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 28،689 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 29,444 މީހުންނާ އަޅާބަލާއިރު 2.6 ޕަސެންޓްގެ ދަށް ވުމެކެވެ. މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެއީ 15،007 ޓޫރިސްޓުންނެވެ.

މިދިޔަ މަހު ރާއްޖޭގެ އޮކިއުޕަންސީ ރޭޓް ވަނީ 64.8 ޕަސެންޓަށް އަރައިފަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު 2 ޕަސެންޓް މަދު އަދަދެކެވެ. މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 126 ރިސޯޓާއި 459 ގެސްޓް ހައުސް، 11 ޓޫރިސްޓް ހޮޓާ އަދި 150 ސަފާރީ މިހާރު ހިންގަމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް