ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 14:54
ވީއޭއެމްކޯއާއި އަލްޝާލީ މެރިންއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ވީއޭއެމްކޯއާއި އަލްޝާލީ މެރިންއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ވީއޭއެމްކޯ
ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި
އެއްބަސްވުމުގެ ދަށުން އަލްޝާލީ މެރިންގެ އައިލެންޑް ހޮޕާ 50 ދޯނިތަކާއި ވީއޭއެމްކޯގެ ޑޫސާން މެރިން އިންޖީނު އެކުގައި ވިއްކުމަށް ހަމަޖެހިފައިވޭ

އަލްޝާލީ މެރިން މޯލްޑިވްސް އާއި ޑޫސާން އިންބޯޑް މެރިން އިންޖީނު ވިއްކާ ވީއޭއެމްކޯ އިން ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖާ އިސްމާއިލް ޝަރީފެވެ. ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހްމަދު ޒުބައިރު އާދަމެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ވީއޭއެމްކޯގެ އެމްޑީ އަހުމަދު ޒުބައިރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން އަލްޝާލީ މެރިންގެ އައިލެންޑް ހޮޕާ 50 ދޯނިތަކާއި ވީއޭއެމްކޯގެ ޑޫސާން މެރިން އިންޖީނު އެކުގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާ އެކު އައިލެންޑް ހޮޕާ 50ގައި ޑޫސާން މެރިން އިންޖީނު އަޅައިގެން ވިއްކާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ވީއޭއެމްކޯ އަކީ މެރިން އިންޖީނާ އެއާ ގުޅުންހުރި އިކުއިޕްމެންޓްސް ވިއްކާ ކުންފުންޏެކެވެ. އަލްޝާލީ މެރިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ. އަލްޝާލީ މޯލްޑިވްސް އަކީ އަލްޝާލީ މެރިން އާއި ރާއްޖޭގެ ކޯސޓްލައިން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް