ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 10:50
ހޮންގް ކޮންގް އެއާލައިންސްގެ ބޯޓެއް: ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައި
ހޮންގް ކޮންގް އެއާލައިންސްގެ ބޯޓެއް: ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައި
ގޫގުލް
ހޮންގް ކޮންގް އެއާލައިންސް
ހޮންގް ކޮންގް އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
ދަތުރުތައް ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވޭ
ދަތުރުކުރާނީ 292 މީހުންގެ ޖާގައިގެ އެއާބަސް ބޯޓު
ހަފްތާއަކު ތިން ދަތުރުކުރާނެ

ހޮންގް ކޮންގް އެއާލައިންސްއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ޖޯޖިއާގެ "ދަ ފައިނޭންޝަލް" ނޫހަށް މައުލޫމާތު ދެއްވަމުން، ހޮންގް ކޮންގް އެއާލައިންސްގެ އެސިސްޓަންޓް ޑިރެކްޓަރ އޮފް ކޮމަރޝަލް، ވޭން ވޭންގް ވިދާޅުވީ، ހޮންގް ކޮންގްގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާ މިންވަރު އަހަރުން އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު އެކަނި ވެސް، ހޮންގް ކޮންގްއިން ރާއްޖެއަށް ދަތުރުކުރި މީހުންގެ އަދަދު 5.9 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އިތުރުވަމުންދާ މި ދަތުރުވެރިންނަށް، ދަތުރުފަތުރުގެ ފަސޭހަ މަގުތަކެއް ހޯދައިދޭން ހޮންގް ކޮންގް އެއާލައިންސްއިން ބޭނުންވާ ކަމަށާއި، ރާއްޖެއަށް އުދުހެން ފަށަން ނިންމީ އެސަބަބަށްޓަކައި ކަމަށް ވޭންގް ވިދާޅުވިއެވެ.

ހޮންގް ކޮންގް އެއާލައިންސްއިން ހާމަކޮށްފައިވާ ގޮތުގައި އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަން ނިންމާފައި ވަނީ އެއާބަސް އޭ 330-300 މަރުކާގެ ބޯޓުގައެވެ. މި ބޯޓުގައި ބިޒްނަސް ކްލާސްގެ 32 ޖާގަ އާއި އިކޮނޮމީ ކްލާސްގެ 260 ޖާގަ ހިމެނޭ ގޮތަށް، ޖުމްލަ 292 ދަތުރުވެރިންނަށް ދަތުރުކުރެވޭނެއެވެ.

ދަތުރުތައް ފަށާނެ ވަކި ތާރީޚެއް އަދި އިޢުލާނު ނުކުރި ނަމަވެސް، ހޮންގް ކޮންގް އެއާލައިންސްއިން ނިންމާފައި ވަނީ އަންގާރަ، ބުރާސްފަތި އަދި އާދީއްތަ ދުވަހު ރާއްޖެއަށް ދަތުރުކުރުމަށެވެ.

ހޮންގް ކޮންގް އިން ރާއްޖެއަށް ދަތުރުކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް 30 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް