ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 17:35
ޕިރަމިޑް އިން ޕްރޮޑަކްޓްތައް ލޯންޗުކުރަނީ
ޕިރަމިޑް އިން ޕްރޮޑަކްޓްތައް ލޯންޗުކުރަނީ
ސިމާހާ ނަސީމް
ޕިރަމިޑް
ޕިރަމިޑް އިން އައު ޕްރޮޑަކްޓްތަކެއް ލޯންޗުކޮށްފި
މާރިއޯ ބްރޭންޑުގެ ރަސްކް (ފާރޮށި) ވަނީ ލޯންޗުކޮށްފައި
ލޯންޗުކޮށްފައިވަނީ ޓުޑޭސް ޓޭސްޓުގެ މަސާލާ ޗާއި

ޕިރަމިޑް އިން އައު ޕްރޮޑަކްޓްތަކެއް ލޯންޗުކޮށްފިއެވެ.

ހޯމަ ދުވަހު ޕިރަމިޑް އިން ލޯންޗު ކޮށްފައިވަނީ ޓުޑޭސް ޓޭސްޓް ބްރޭންޑުގެ މަސާލާ ޗާއި އަދި މާރިއޯ ބްރޭންޑުގެ މިލްކް ރަސްކު (ފާރޮށި) އެވެ.

ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ މަސާލާ ސައިފަތް ޕެކެޓްތަކަކީ ސީދާ އޮރިޖިނަލް ސްޕައިސަސް ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށާއި މަސާލާ ޗާއި ހެދުމަށްޓަކައި ބޭނުން ވާނީ ކިރާއި ހަކުރު އެކަނި ކަމަށެވެ.

ސޮބާހު ވިދާޅުވީ ލޯންޗު ކުރެވިގެންދިޔަ ރަސްކް އަކީ ޒީރޯ ޕަސަންޓް ޓްރާންސް ފެޓް ފްރީ ޕްރޮޑަކްޓެއް ކަމަށާއި ކޮލެޓީ ތަފާތު ވުމުން ދިވެހިންނަށް ކަމުދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

 ރަސްކުގެ ހަނީ ވައްތަރާއި ކާޑިމަން ވައްތަރާއި މިލްކް ރަސްކް ތައާރަފުކޮށްފައިވެއެވެ.

އެގޮތުން ރަސްކްގެ މިލްކް ވައްތަރު 22 ރުފިޔާއަށް ލިބެން ހުރި އިރު ހަނީ ވައްތަރު ލިބެން ހުރީ 13 ރުފިޔާއަށެވެ. އަދި ކާޑިމަން ވައްތަރު 13 ރުފިޔާއަށް ލިބެން ހުރި އިރު މަސާލާ ޗާއި ލިބެން ހުރީ ސައިފަތް ފޮއްޓެއް 20 ރުފިޔާއަށެވެ.

ފިރަމިޑް އިން ތައާރަފުކުރާ ޕްރޮޑަކްޓްތަކަކީ ކަސްޓަމަރުން އެންމެ ޑިމާންޑުކުރާ ޕްރޮޑަކްޓްތަކަކީ ކޮބައިތޯ ބަލައި ވިސްނާފައި ނެރޭ ޕްރޮޑަކްޓްތަކެއް ކަމަށް ސޮބާހު ބުންޏެވެ.

ޕިރަމިޑް އިން ވަނީ މި ޕްރޮޑަކްޓުތައް ހޯލްސޭލް އަދި ރީޓޭލްކޮށް ވިއްކުމަށް ހުޅުވާލާ ކަމަށެވެ. 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
17%
0%
0%
0%
83%
ކޮމެންޓް