ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 15:26
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ބައިވެރިން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ބައިވެރިން
މުހައްމަދު ޝަރުހާން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގް
ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2017 ގައި މިފަހަރު 19 ޒުވާނުންނަށް ވަނީ ފުރުސަތު ދީފައި

ޒުވާނުން ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޒުވާނުން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ދިރާގުން ހިންގި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ބައިވެރިވި 22 ކުދިންނަށް ސެޓްފިކެޓް ދީފިއެވެ.

ބުރާސްފަތި ދުވަހު ހޮޓެލް ޖެން ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމްއެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެކްޒެކްޓިވް އޮފިސަރ އިސްމާއިލް ރަޝީދު ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޕްރޮގްރާމްގެ ދަށުން ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގެ މަގުސަދަކީ ޒުވާނުން ވަޒީފާއަށް އަށަގަންނަވައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2017 ގައި މިފަހަރު 19 ޒުވާނުންނަށް ވަނީ ފުރުސަތު ދީފައެވެ.  

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބާއްވާތާ މީ 9 ވަނަ އަހަރެވެ. ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ދިރާގުގައި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދެއެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވެނީ މި އުމުރުފުރާގެ ޒުވާނުންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ތިންމާއްދާއިން ފާސްވެފައިވާ، ދާއިމީ ވަޒީފާއެއް އަދާ ނުކުރާ ޒުވާނުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް