ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 05:13
ސަސްޕެންޑް ކޮށްފައިވާ ކައުންސިލަރ މުހައްމަދު ހުސައިން
ސަސްޕެންޑް ކޮށްފައިވާ ކައުންސިލަރ މުހައްމަދު ހުސައިން
އެމްޑީޕީ
ޅ އަތޮޅު ކައުންސިލް
އޮފީހަށް ނިކުމެ އަނެއްކާވެސް ކުރާނީ އިސްލާހީ މަސައްކަތް: މުހައްމަދު ހުސައިން
ސަސްޕެންޑްކުރީ އިސްލާހީ މަސައްކަތްތަކެއް ކުރަން އުޅުމުން ބަޔަކު އެކަމާ ނުރުހުމުން

މަގާމުން ސަސްޕެންޑްކޮށްފައިވަނީ ބަޔަކު އަމިއްލަ މަންފާއަށް ހިންގި ފިނޑި އަމަލެއްގެ ސަބަބުންކަމަށް ޅ އަތޮޅު ކައުންސިލްގެ ރައީސްކަމުން ސަސްޕެންޑްކޮށްފައިވާ މުހައްމަދު ހުސައިން ވިދާޅުވެއްޖެއެވެ.

ސަސްޕެންޝަންގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރުމަށް މުހައްމަދު ހުސައިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކަށް ހާޒިރު ނުވެވޭގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވަނީ އިންސާފުންކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.  ކައުންސިލްގެ ތެރެއިން ކުރެއްވި އިސްލާހީ މަސައްކަތްތައް ބަޔާންކުރައްވާފައިވާ މިބަޔާނުގައިމުހައްމަދު ހުސެއިން ވިދާޅުވީ ސަސްޕެންޝަން އުވި، 1 ފެބްރުއަރީ 2018ވަނަ ދުވަހު އަލުން ކައުންސިލްގެ ވަޒީފާއަށް ނިކުންނަވައި އަނެއްކާވެސް އެމަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. އޭނާ ސަސްޕެންޑްކުރުމާއެކު އަނެއްކާވެސް ކައުންސިލްގެ ކަންކަން ކުރިން ހިނގަމުންދިޔަ ދޯހަޅި ނިޒާމަށް އެނބުރިފައިވާކަމަށް މުހައްމަދު ހުސައިން ވިދާޅުވިއެވެ.

މި ބަޔާނުގައި މުހައްމަދު ހުސެއިން ފާހަގަކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ހިންގުމުގެ ދާއިރާގެ ދޯދިޔާ ބައެއް ކަންކަން އިސްލާހުކުރުމާއި، ބޮއްސުން ލާފައިވާ މުވައްޒަފުންގެ ޙާޒިރީގެ މައްސަލަ އިސްލާހުކުރުން ހިމެނެއެވެ. އެގޮތުން ހުއްދަތަކާއި ލައިސަންސްތައް ހެއްދުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކައުންސިލްތެރެއިން ކުރަމުން އައި ކަންކަން ހުއްޓުވައި ހަމަޔަކަށް އަޅުވައި، ޤަވާޢިދާއި ޚިލާފަށް ދޫކޮށްފައިވާ ކަނޑުއުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓްތައް އިސްލާހުކުރެވު ކަމަށް ބަޔާނުގައިވެ އެވެ. އަދި ސިވިލް ސަރވިސްގެ ޤަވާޢިދުތައް ތަންފީޒު ނުކުރެވޭތީ އެކަންކަން އިސްލާހުކުރެވުނުކަމަށް މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

ސަސްޕެންޝަނާ ގުޅިގެން މީގެ ކުރިންވެސް މުހައްމަދު ހުސެއިން ރާއްޖެ.އެމްވީއަށް ވިދާޅުވީ އޭނާ ސަސްޕެންޑްކުރީ ކައުންސިލްގެ ތެރޭގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރެވެން ހުރި ކަންކަން ހުއްޓުވަން އުޅުމުން އެކަމާއި ބަޔަކު ހިތްހަމަނުޖެހިގެން އެލްޖީއޭއަށް ހުށަހެޅި ތެދު ނޫން މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް