ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 23:35
ދިރާގުން ޕޯސްފެއިޑްގެ ޕެކޭޖްތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިރާގުން ޕޯސްފެއިޑްގެ ޕެކޭޖްތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިމާހާ ނަސީމް
ދިރާގުގެ އައު ޕޯސްޓްޕެއިޑްގެ ޕ
ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!
މި ޕެކޭޖުގެ ދަށުން ދިރާގު ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭ އަދި ހުރިހާ ނެޓްވޯކްއަކަށް ހިލޭ އެސްއެމްއެސް ކުރެވޭ
ޕެކޭޖްގެ ދަށުން އިންޓަނޭޝަނަލް ކޯލް ކުރަން ބޭނުންވާ 3 ޤައުމަކަށް 50 ޕަސަންޓް ޑިސްކައުންޓް ލިބޭނެ
ޕެކޭޖްގައި ހިމެނޭ ޑޭޓާ އެލަވަންސްގެ އިތުރުން ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް ބޭނުންކުރުމަށް ވަކިން 3 ޖީބީ

ދިރާގުގެ ފަރާތުން ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޕޯސްޓްޕެއިޑް ޕެކޭޖުތައް ނެގުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މި ޕޯސްޓްޕެއިޑް ޕެކޭޖުތައް ތައާރަފުކޮށްފައިވަނީ އަންގާރަ ދުވަހު އާރޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަނީ ޖުމްލަ ހަތަރު ޕޯސްޓްޕެއިޑް ޕެކޭޖް ތައާރަފުކޮށްފައެވެ.

ޕޯސްޓް ޕެއިޑް 350 ޕެކޭޖުގައި 2 ޖީބީގެ ޑޭޓާ ލިބޭއިރު ޕޯސްޓްޕެއިޑް 550 ޕެކޭޖުގައި ލިބެނީ 5 ޖީބީގެ ޑޭޓާއެވެ. އަދި ޕޯސްޓް ޕެއިޑް 750 ޕެކޭޖްގައި 10 ޖީބީގެ ޑޭޓާ ލިބިވޭއިރު ޕޯސްޓް ޕެއިޑް 1000 ޕެކޭޖުގައި 20 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

މި ޕެކޭޖްތަކުގެ 'ސަޅި' ކަމަކީ ޕެކޭޖްގެ ދަށުން ލިބޭ ޑޭޓާގެ އިތުރުން ވަޓްސްއެޕް، ވައިބަރ،  އިންސްޓަގްރާމް،  ފޭސްބުކް އަދި ސްނެޕް ޗެޓް އެޕްލިކޭޝަން ބޭނުން ކުރުމަށް ވަކިން 3 ޖީބީގެ ހިލޭ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ. އަދި ދިރާގު އެޕްލިކޭޝަން އާއި މޯބައިލް ބޭންކިންގ އެޕްލިކޭޝަން އާއި ފްލައިޓް ޝެޑިއުލް ބަލާ އެޕްލިކޭޝަން އާއި ސަލާތް އެމްވީ އެފްލިކޭޝަން (ނަމާދު ވަގުތު ބަލާ އެޕްލިކޭޝަން) އާއި ކިޔު ބީ އެޕްލިކޭޝަން ހިލޭ ޕެކޭޖްގެ ދަށުން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ޕެކޭޖްގެ ދަށުން އިންޓަނޭޝަނަލް ކޯލް ކުރަން ބޭނުންވާ 3 ޤައުމަކަށް 50 ޕަސަންޓް ޑިސްކައުންޓް ލިބޭނެއެވެ. މި ޕެކޭޖްތަކުގެ ކަނޑައަޅާފައިވާ ޑޭޓާ އެލަވަންސް ހުސްވުމުން ބޭނުންކުރާ ސްޕީޑް ދަށްވެގެންދާނެ އެވެ. އެހެންނަމަވެސް އިތުރަކަށް ބިލަށް އެއްވެސް ވަރެއް ޗާޖެއް ނުކުރާނެއެވެ.

މި ޕެކޭޖުގެ ދަށުން ދިރާގު ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އެހެން ލޯކަލް ނެޓްވޯކްތަކަށް ގުޅުމަށް 300 މިނިޓް ޕެކޭޖްގެ ދަށުން ލިބޭނެއެވެ.  އަދި އެސްއެމްއެސްވެސް ހުރިހާ ނެޓްވޯކްއަކަށް ހިލޭ ކުރެވޭނެއެވެ.

މި ޕެކޭޖްތަކުގައި ކަނޑައެޅިފައިވާ ޑޭޓާ އެލަވަންސް ހަމަވުމުން ޑޭޓާ އެޑްއޮން ނުވަތަ ޑޭޓާ ބޫސްޓާ ނެގޭނެއެވެ.

މިގޮތުން ޑޭޓާ އެޑްއޮންގެ 1 ޖީބީ 85 އަށް ނެގޭއިރު ޑޭޓާ އެޑްއޮންގެ 5 ޖީބީ 350 ރުފިޔާއަށް ނެގޭނެއެވެ. އަދި ޑޭޓާ ބޫސްޓާގެ 500 އެމްބީ 50 ރުފިޔާއަށް ނެގޭއިރު 1 ޖީބީ 90 ރުފިޔާއަށް ނެގޭނެއެވެ.

އަލަށް ތައާރަފު ކުރެވުނު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ރީލޯޑްވެސް ކުރެވެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ދިރާގު އެޕްލިކޭޝަން އާއި ދިރާގު ޕޭ އެޕްލިކޭޝަން އާއި ޔޮންޑަރ މިއުޒިކް މޯލްޑިވްސް އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ދިރާގުގެ ފަރާތުން ދޫކޮށްލި ފަސް ފޯނުގެ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ދިރާގުގެ ފަރާތުން ވަނީ އައިފޯން އެއިޓް ޕްލަސް އާއި އައިފޯން އެއިޓްގެ ދެ ފޯނާއި އާއި ސެމްސަންގް ގެލެކްސީ 8 ގެ ދެ ފޯނު ލަކީ ޑްރޯއިން ހޮވުނު ފަސް ފަރާތްތަކަށް ހަވާލުކޮށްފައެވެ.   

 

 

    

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
41%
0%
12%
6%
41%
ކޮމެންޓް