ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 08:14
އީކުއޭޓަރ ވިލެޖުގައި ބޭއްވި ސަޓާ އެވޯޑް ހަފްލާގެ ތެރެއިން
އީކުއޭޓަރ ވިލެޖުގައި ބޭއްވި ސަޓާ އެވޯޑް ހަފްލާގެ ތެރެއިން
ރިޒްނާ ޒަރީރު
ސަޓާ އެވޯޑް
ސަޓާގެ އެންމެ ޝަރަފްވެރި އެވޯޑްތައް ރާއްޖެއަށް
 
ސަޓާ 2018 ބާއްވާނީ އިންޑިޔާގައި
 
34 ކެޓަގަރީއަކުން 450 ނޮމިނޭޝަން ވާދަކޮށްފައިވޭ

ދެކުނު އޭޝިއާ ފެންވަރުގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އެޝިއަން ޓްރެވެލް އެވޯޑް (ސަޓާ)ގެ އެންމެ ޝަރަފްވެރި އެވޯޑްތައް ރާއްޖެއަށް ލިބިއްޖެއެވެ.

 

އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަލްފާގައި ދުނިޔޭގެ މަޝްހޫރު އެކި ވިޔަފާރި ޗެއިންތަކުން މި އެވޯޑަށް ނޮމިނޭޓް ވެފައިވާ 200 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

 

ޖުމްލަ 34 ކެޓަގަރީއަކުން 450 ފަރާތެއް ވަނީ ނޮމިނޭޓް ވެފައެވެ.  ރާއްޖެއަށް ލިބުނު އެންމެ ޝަރަފްވެރި އެވޯޑްތަކުގެ ތެރޭގައި ވިޒިޓާސް ޗޮއިސް: ލީޑިން ބީޗް ޑެސްޓިނޭޝަން، ލީޑިން ޑައިވިން ޑެސްޓިނޭޝަން، ލީޑީން ހަނީމޫން ޑޭންޓިނޭޝަން ހިމެނެއެވެ.

 

މީގެ އިތުރުން ލީޑިން އެއަރޕޯޓް ލައުންޖަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ލީލީ ލައުންޖް، ލީޑިން މާރކެޓް ހޮޓެލް ރިސޯޓަކަށް އަދާރަން ރިސޯޓްސް، ލީޑިން ބޯޑް/ހޮޓެލް ރިސޯޓަކަށް ސަމާރ އައިލެންޑް، ލީޑިން ޑިޒައިނަރ ހޮޓެލްސް/ ރިސޯޓްސް ކޮކޫން މޯލްޑިވްސް، ލީޑިން ލަގްޒަރީ ހޮޓަލަކަށް ސޮނޭވާ ޖާނީ، ލީޑީން ރޮމޭންޓިކް ރިސޯޓަކަށް ޖުމައިރާ ވިޓަވެލީ، ލީޑިން ފެމިލީ ރިސޯޓަކަށް ސަން އައިލެންޑް، އަދި ލީޑިން ގެސްޓް ހައުސް އެވޯޑް ހާސިލް ކުރީ ރެވެރީސް ޑައިވިން ވިލެޖް އެވެ.

 

މީގެ އިތުރުން ފާހަގަކޮށްލެވޭ އެވޯޑް ތަކުގެ ތެރޭގައި ލީޑިން ބްކެޓް ރިސޯޓަކަށް އަމިއްލަ ފުށި، ލީޑިން ޓްރެވެލް އެޖެންޓަކަށް ވޮޔަޖަސް ލޯމްޑިވްސް، ލީޑން ލިވަބޯޑް ސްކޫބާ ސްޕާ ޔަންގް މޯލްޑިވްސް، ލީޑިން ޑައިވް ރިސޯޓަކަށް އަދާރަން ސެލެކްޓް މީދުއްޕަރު، ލީޑިން ޑޮމެސްޓިކް ޕްރޮވައިޑަރ ރާއްޖެއަށް ލިބިފައިވާއިރު، ލީޑީން ޓުއަރ އޮޕަރޭޓަރ އިނާރ މޯލްޑިވްސް ހިމެނެއެވެ.

 

ލީޑިން އެއަރޕޯޓް ހޮޓަލަށް ހުޅުލެ އައިލެންޑް ހޮޓެލް، ލީޑިން އޯލް އިންކްލޫސިވް ރިސޯޓަކަށް ހޮވިފައިވަނީ ލަކްސް މޯލްޑިވްސްއެވެ.

 

އިންޑިޔާ، ސްރީލަންކާ، ރާއްޖެ ހިމެނޭ ގޮތަށް ކުރިން ކުރިއަށްގެންދާ ސަޓާ އެވޯޑްގައި މިއަހަރު އަލަށް ބައިވެރިވި ގައުމުތަކަކީ ނޭޕާލާއި ބޫޓާން އެވެ. ނޭޕާލުން ވަނީ ބައެއް ކެޓަގަރީތަކުން އެވޯޑް ހާސިލްކޮށްފައެވެ.

 

މިފަހުގެ ތާރީހުގައި އީކުއޭޓަރ ވިލެޖުގައި ބޭއްވި މި ބޮޑު އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށް ހައިރައިޒްގެ އަދި ސަޓާގެ ފައުންޑަރ އިސްމާއިލް ހަމީދު ވިދާޅުވިއެވެ. މިދަފަ އިވެންޓެއް އައްޑޫގައި ބޭއްވިގެން ދިޔުމަކީ ސަޓާއަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

 

ސަޓާ 2018 ބާއްވާނީ އިންޑިޔާގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް