މަލޭގެ މަޖީދީމަގުގައި ރައީސް ނަޝީދަށް އެއްޗެއް ގޮއްވާލައިގެން ބަޔަކު ދިން ހަމަލާ އާ ގުޅޭގޮތުން ޑރ. މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނުރައްކާތެރި ތުހުމަތެއް ކުރައްވާ ވާހަކަ ދައްކަވައިފިއެވެ.
ވަރަށް ޖޯޝުގައި ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވަނީ އެމްޑީޕީގެ ލީޑަރޝިޕް އިން ކަމަށެވެ.
ރައީސް ނަޝީދު މަޖީދީ މަގު ކައިރިއަށް ގޮއްވާލަން މި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރީ އެމްޑީޕީގެ ލީޑަރޝިޕްގަ ތިއްބެވި ބޭފުޅުން ކުރީޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ މައި ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެކަން އެމްޑީޕީގެ ލީޑަރޝިޕް އިން ކުރީ ރައީސް ނަޝީދު މަގުމަތިކޮށް އެކަހެރިކޮށް ޕާޓީ އެމަނިކުފާނުގެ އަތުން ހޯދުމަށް ކަމުގައެވެ.
ފައިސަލްގެ މި ވާހަކަ އަށް އެމްޑީޕީ އިން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.