ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 21:46
އައިފޯން 10 ، ޕްރީ އޯޑަރަށް ހުޅުވާލިތާ އެންމެ 20 މިނިޓް ތެރޭގައި ވިކި ހުސްވުމާއިއެކު ފޯން ލިބޭނެކަމަށް ލަފާކުރެވެނީ 6 ނުވަތަ 8 ހަފްތާ ފަހުން
އައިފޯން 10 ، ޕްރީ އޯޑަރަށް ހުޅުވާލިތާ އެންމެ 20 މިނިޓް ތެރޭގައި ވިކި ހުސްވުމާއިއެކު ފޯން ލިބޭނެކަމަށް ލަފާކުރެވެނީ 6 ނުވަތަ 8 ހަފްތާ ފަހުން
ގެޓީ އިމޭޖަސް
އައިފޯން 10
އެންމެ 20 މިނެޓްތެރޭ އައިފޯން 10 ވިކި ހުސްވެއްޖެ
ދެން އައިފޯން 10 ލިބޭނެކަމަށް ލަފާކުރެވެނީ 6 ނުވަތަ 8 ހަފްތާ ފަހުން
ޕްރީ އޯޑަރަށް ހުޅުވާލިތާ 20 މިނިޓް ތެރޭ ވިކި ހުސްވެއްޖެ

އެޕަލް އައިފޯން 10 ޕްރީއޯޑަރަށް ހުޅުވާލިތާ އެންމެ ދިހަ މިނިޓް ތެރޭގައި ވިކި ހުސްވެއްޖެއެވެ.

އައިފޯން 10 ވިކި ހުސްވުމާއިއެކު ދެން އައިފޯން ލިބޭނެ ކަމަށް ލަފާ ކުރެވެނީ ހައެއް ނޫނީ އަށް ހަފްތާ ފަހުންނެވެ.

ދިހަ މިނެޓުތެރޭގައި އައިފޯނު 10 ވިކި ހުސްވެފައިވާއިރު އީބޭ ފަދަ ސައިޓްތަކުގައި އައިފޯނު 10 މީހުން ވިއްކަނީ ދިހަހާސް ޑޮލަރާއި ފަންސާސްހާސް ޑޮލަރާއި ދޭތެރޭގެ އަގުތަކުގައިއެވެ.

އައިފޯނު 10 ލިބުމުގައި ދަދިތަކާ ކުރިމަތިވާނެ ކަމަށް ފޯނު ނިކުތުމުގެ ކުރިން ޓެކްނޮލޮޖީ ދާއިރާގައި ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައި ވާއިރު އެޕަލްއިން ފޯނު އުފެއްދުމުގައި ދަތިތަކާ ކުރިމަތިވެފައި ވުމުގެ ސަބަބުން ފޯނު ގަތުމަށް ބައެއް ގައުމުތަކުން ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ އާ ހަމައަށް މަޑުކުރަން ވަނީ ޖެހިފައި އެވެ.

އައިފޯން 8 ގަތުމަށް މީހުން ކިއޫގައި މަޑުކޮށްލައިގެން
އައިފޯން 8 ގަތުމަށް މީހުން ކިއޫގައި މަޑުކޮށްލައިގެން

އައިފޯން 8 އާއި އެކު އައިފޯން 10 ނެރިފައިވާއިރު އައިފޯން 8 އަށް މާބޮޑު ތަރުހީބެއް ލިބިފައިއެއް ނުވެއެވެ. ސީއައިޕީއާރް އިން ލަފާ ކުރާގޮތުގައި އެޕަލް އައިފޯން 8 އަދި 8 ޕްލަސް ގެ ސޭލްސްއަކީ ފާއިތުވެ ދިޔަ ކްއާޓާއާ އަޅާބަލާއިރު އެންމެ 16 ޕަސެންޓެވެ. އެއީ އައިފޯން 7 އަދި 7 ޕްލަސްގެ ސޭލްސްއާއި އަޅާ ބަލާއިރު 27 ޕަސެންޓުގެ ވެއްޓުމެކެވެ.

އެޕަލްގެ އައު ފޯނު އަންނަ މަހު ތިން ވަނަ ދުވަހުން ފެށިގެން 55 ގައުމަކުން ލިބެންހުންނާނެ އެވެ. މީގެ ތެރޭގައި އިންޑިއާ ޗައިނާ އަދި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 އޮކްޓޯބަރ 2017 | ހޯމަ 01:49
ޖޮބް
771000ރ ފޯނެއް! މަ މަރާލަބަލަ ފޯނަކުން ޖަހާ!