ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 07:25
ސަޓާ: "އައިލެންޑް ފެސްޓިވަލް"އަށް ވަމުންދާ ތައްޔާރީގެ ތެރެއިން
ސަޓާ: "އައިލެންޑް ފެސްޓިވަލް"އަށް ވަމުންދާ ތައްޔާރީގެ ތެރެއިން
ރިޒްނާ ޒަރީރު
ސަޓާ: "އައިލެންޑް ފެސްޓިވަލް"
ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!
ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 3:30އަށް
މިއިވެންޓް އޮތީ މަރަދޫ ޕާކުގައި

ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) "އައިލެންޑް ފެސްޓިވަލް" އަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެފިއެވެ.

ސަޓާ ފެސްޓިވަލް ކުރިއަށްދާނީ އޮކްޓޯބަރ 27 އިން 29ގެ ނިޔަލަށެވެ. މިފެސްޓިވަލްގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު ބާއްވާ އައްޑޫގެ އަންހެން ކަނބަލުން އިސްނަގައިގެން އައިލެންޑް ފެސްޓިވަލްގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލް އޮންނާނީ މަރަދޫ ޕާކުގައެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ސަޓާ ފެސްޓިވަލްގެ ތެރެއިން ކުރިއަށްގެންދާ ކަނބަލުންގެ ހަރަކާތުގައި އައްޑޫގެ އުފެންދުންތެރިކަން ދައްކާލައި، އާޓް އެންޑް ކްރާފްޓްގެ ހަރަކާތްތައް ކުރިއަށް ދާނެއެވެއެގޮތުން އޮކްޓޯބަރ 28 ވަނަ ދުވަހުގެ ހެނދުނު 09:00 މެންދުރު ފަހު 3:30 އަށް ކުރިއަށްދާނެ އެވެ.

މި ހަރަކާތާ ގުޅިގެން ޑަބްލިޔުޑީސީގެ ރައީސާ ޝެހެނާޒް ރަޝީދު ވިދާޅުވީ މިފެސްޓިވަލަކީ ދިވެހި ސަގާފަތާއި އައްޑޫއަށް ހާއްސަ މަސައްކަތްތައް ދައްކުވައިދޭ އަދި އައްޑޫއަކީ އެންމެ ރަނގަޅު އެއް ޓުއަރިޒަމް މަންޒިލްކަން ސައުތު އެޝީޔާ ބައްރުގެ ޓުއަރ ގައިޑް، ޓުއަރ އޮޕަރޭޓާސް، ހޮޓެލިޔާ އަދި ރިސޯޓްތަކުގެ އިސް ފަރާތްތަކަށް ދައްކުވައިދޭ އެކްސްޕޯއެއް ކަމަށެވެ.

މިފެސްޓިވަލްގައި ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް މައުލޫމާތުތައް ލިބިގެންދާނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ. އަދި ސަޓާއަށް ޒިޔާރަތްކުރި ހުރިހާ ފަރާތްތަކަށް މި އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާތީ މިއީ މަސައްކަތްތެރިންނަށް ލިބިގެންދާނެ ރަނގަޅު ނެޓްވޯރކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަޓާގެ ގާލާ ނައިޓް އޮތީ ހޮނިހިރު ދުވަހުގެ ރޭ އީކުއޭޓަރ ވިލެޖްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް