ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 07:23
ސަޓާ ފެސްޓިވަލް ފެށުމުގެ ގޮތުން ބޭއްވި"އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުމުގެ ތެރެއިން
ސަޓާ ފެސްޓިވަލް ފެށުމުގެ ގޮތުން ބޭއްވި"އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުމުގެ ތެރެއިން
ރިޒްނާ ޒަރީރު
ސަޓާ އެވޯޑް
ސަޓާ: "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުން ބާއްވައިފި
އައްޑޫ ސިޓީގެ ރައްޔިތުން ދަނީ މިހަފްލާއަށް ތައްޔާރުވަމުން
މިއީ އީކުއޭޓާގައި މިފަދަ ހަލްފާއެއް ބާއްވާ ފުރަތަމަ ފަހަރު

ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސަޓާ)ގައި ބައިވެރިވާ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރުމުގެ ގޮތުން "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުމެއް ބާއްވައިފިއެވެ.

ސަޓާގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މިބައްދަލުވުމުގައި އެކި ގައުމުތަކާއި، ރިސޯޓްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. ސަޓާ ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމާ ގުޅޭ ގޮތުން ހައިރައިޒުން ބުނީ މިއީ ސަޓާ އެވޯޑަށް އައްޑޫ ސިޓީއަށް ޒިޔާރަތްކުރި ކުންފުނިތަކުގެ ވެރިންނާއި އައްޑޫ ސިޓީގެ އިސްވެރިންނާއި އަދި ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިކޮށް މަޝްވަރާކުރުމަށް ބޭއްވި ނެޓްވޯރކިން ފޯރަމެއް ކަމަށެވެ. 

އެގޮތުން އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކާއި ރާއްޖޭގެ ބްރޭންޑްތަކުން ބޭފުޅުން ބައްދަލުވެ މަޝްވަރާކޮށްފައި ވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނި މިފަދަ އެވޯޑެއް ރާއްޖޭގެ އެހެން ސަރަހަދެއްގައި ބާއްވާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި މިއީ ރާއްޖެ ބަލާލުމަށް ލިބޭ ފުރުޞަތެއް ވެސް ކަމަށެވެ. މި އެވޯޑް އައްޑޫ ސިޓީގައި ބާއްވާތީ އެސިޓީގެ ގިނަ ފަރާތްތަކުން ބުނީ މިއީ މިފަދަ ބޮޑު ބައިނަލްއަޤްވާމީ އިވެންޓެއް އައްޑޫ ސިޓީގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާތީ ހައިރައިޒަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ އެވޯޑްސް) އީކުއޭޓާ ވިލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ހަފްލާއަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައިރަޒުން ވަނީ ބުނެފައެވެ.

މިއިވެންޓު ބޭއްވުމަށް ފަހު އީކުއޭޓާ ވިލެޖަކީ މިފަދަ އިވެންޓު ބޭއްވުމަށް ނަމޫނާ ތަނެއް ކަމުގައި ދައްކައި ދިނުމަކީ އަމާޒެއް ކަމަށް ހައިރައިޒުން ބުންޏެވެ. މިއީ ފަހުގެ ތާރީޚެއްގައި އީކުއޭޓާ ވިލެޖުގައި މިފަދަ ބޮޑު ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑަށް 450 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓްވާއިރު މި އެވޯޑްގެ ޕްލެޓިނަމް ޕާޓްނާއަކީ އުރީދޫއެވެ.

އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހުގެ ރޭ މި އެވޯޑް ނައިޓް ބާއްވާއިރު މިހަފްލާގައި ބައިވެރިވުމަށް ރާއްޖޭން ބޭރުން 200 އަށް ވުރެ ގިނަ މީހުން އައިސްފައިވާއިރު ޖުމްލަ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް