ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 04:22
ޖީއެމްއާރް އިން އިންޑިއާގައި ހިންގާ އެއަރޕޯޓެއް
ޖީއެމްއާރް އިން އިންޑިއާގައި ހިންގާ އެއަރޕޯޓެއް
ގޫގުލް
ޖީއެމްއާރު
އެއަރޕޯޓްތަކުން ޖީއެމްއާރަށް ބޮޑު ފައިދާއެއް
ފައިދާ އިތުރުވުމުގައި ދިވެހި ސަރުކާރުން އެކުންފުންޏަށް ދައްކަން ޖެހުނު 270 މިލިއަން ޑޮލަރު ހިމެނޭ

އިންޑިއާގެ ޖީއެމްއާރް ގްރޫޕުން ހިންގާ އެއަރޕޯރޓްތަކުން ނިމިދިޔަ 2016ވަނަ އަހަރު އެކުންފުންޏަށް ބޮޑު ފައިދާއެއް ވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖީއެމްއާރާއި އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީ ގުޅިގެން ހިންގާ ވެރިރަށް ދިއްލީގެ އެއަރޕޯޓުން މިދިޔަ އަހަރު 586 ކުރޯޑް ރުޕީސް ފައިދާވެފައިވެއެވެ. ދިއްލީ އެއަރޕޯޓް ބޭނުންކުރި މީހުންގެ އަދަދު މިދިޔަ އަހަރު 50 މިލިއަނަށް އެރި އިރު، މިއީ އިންޑިއާ އެއަރޕޯޓެއް ބޭނުންކުރި މީހުންގެ އަދަދު އަހަރަކު 50 މިލިއަނަށް އެރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިއަހަރު ޖީއެމްއާރު ހައިދަރުއާބާދު އެއަރޕޯޓުންވެސް 434 ކުރޯޑް ފައިދާވެފައިވެއެވެ. ހައިދަރު އާބާދު އެއަރޕޯޓް ހިންގަނީ ޖީއެމްއާރާއި އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީގެ އިތުރުން އަންދްރަޕްރަދޭޝްގެ ސަރަހައްދީ ގުޅިގެންނެވެ. މި އެއަރޕޯޓްގެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮޕަރޭޓްކުރާ މަތިންދާބޯޓުތަކުގެ އަދަދު އިތުރުވުމެވެ.

އިންޑިއާގެ އެއަރޕޯޓްތަކުން ލިބުނު ފައިދާގެ އިތުރުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރުން ހިންގަނިކޮށް ދިވެހި ސަރުކާރުން އެއްބަސްވުން އުވާލުމާއި ގުޅިގެން އާބިޓްރޭޝަނުން ނަގައިދިން 270 މިލިއަން ޑޮލަރުވެސް އެކުންފުނީގެ ފައިދާގެ ތެރޭގައި ހިމެނުނެވެ.

ޖީއެމްއާރުން ފައިދާގައި އެއަރޕޯޓްތައް ހިންގި އިރު، ބެންގަލޫރު އެއަރޕޯޓް ހިންގާ ޖީވީކޭއަށް މިއަހަރު ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް