ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 19:08
އިންޓަރނޭޝަނަލް ޓާރމިނަލުގައި ބޭނުން ކުރާ ޑިޕާޗަރ ގޭޓްތަކުގެ އަދަދު 6 އަށް އަރާ
އިންޓަރނޭޝަނަލް ޓާރމިނަލުގައި ބޭނުން ކުރާ ޑިޕާޗަރ ގޭޓްތަކުގެ އަދަދު 6 އަށް އަރާ
ރާއްޖެ އެމްވީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އާ ބެލްޓަކާއި ތިން ޑިޕާޗަރ ގޭޓް އިތުރުކޮށް އެމްއޭސީއެލް އިން ސީޒަނަށް ތައްޔާރުވެއްޖެ
އާ ޓަރމިނަލް ނިމުމުން މިހާރު ބޭނުންކުރާ ޓަރމިނަލް ބޭނުންކުރެވޭނީ ޑޮމެސްޓިކް ޓަރމިނަލަކަށް
ޖާގަ ބޮޑުކުރުމަށްފަހު އަންނަ މަހު ލައުންޖް ހުޅުވޭނެ

މިއަހަރުގެ ޓޫރިސްޓް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުން ކުރަމުންދާ ޓާމިނަލްގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ލަގެޖް ބެލްޓްގެ ޖާގަ އިތުރުކޮށް އިތުރު ތިން ޑިޕާޗަރ ގޭޓް ބޭނުން ކުރަންފަށައިފިއެވެ.

އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިންގެ ހާޒިރުގައި ބުދަ ދުވަހު ރިބަން ކަނޑައި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް މި ގޭޓްތައް ބޭނުން ކުރަމުންދާތާ މިހާރު ހަފްތާތަކެއް ވެއްޖެއެވެ.

މި ގޭޓް ތަކާއެކު އިންޓަރނޭޝަނަލް ޓަރމިނަލުގައި ބޭނުން ކުރާ ޑިޕާޗަރ ގޭޓްތަކުގެ އަދަދު 6 އަށް އަރާނެއެވެ. ގޭޓްތައް މި ސަރަހައްދަށް ބަދަލު ކުރެވުނު އަނެއް ސަބަބަކީ މީގެ ބައެއް ގޭޓްތައް ކުރިން ހުރި ސަރަހައްދު އިންޓަނޭޝަނަލް ޓަރމިނަލް ބިނާ ކުރެވޭ ސަރަހައްދުގައި ހުރުމެވެ.

މީގެ އިތުރުން ޑިޕާޗަރ ގޭޓްތަކުގެ ކައިރީގައި ޑިއުޓީ ފްރީ އިތުރު ފިހާރައެއް ހުޅުވައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރ ވެސް ވަނީ ގޭޓްތައް ކައިރިޔަށް ބަދަލު ކޮށްފައެވެ.

މި މަސައްކަތްތަކުގެ އިތުރުން ލައުންޖްގެ ޖާގަ ވެސް އިތުރުކޮށްފައިވާއިރު މި ހުރިހާ ކަމަކަށް ތިން މިލިއަނެއްހާ ޑޮލަރު ޚަރަދު ކުރެވިފައިވާނެ ކަމަށް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވިއެވެ.

"ފްލައިޓްތައް އިތުރުވަމުން މިދަނީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރިވަރަށް ވުރެ ވެސް ބޮޑަށް، އެހެންވީމަ މިހާރު ހުރި ކެޕޭސިޓީ ވެސް ބޮޑުކޮށްގެން ނޫނީ އެއާޕޯޓުގައި އަޅުގަނޑުމެންނަށް ނެތް އެންމެ ފުރިހަމަކޮށް ޚިދުމަތް ދެވޭކަށް. އަދި ޚާއްސަކޮށް މި އަންނަ އަހަރު އަޅުގަނޑުމެން މި ޓަރމިނަލްގައި އިތުރު ދިހަ ކައުންޓަރ ވެސް އިތުރު ކުރަން" އާދިލް ވިދާޅުވިއެވެ.

އެއަރލައިން އޮޕަރޭޓަރސް ކޮމިޓީގެ ޗެއަމަން މުހައްމަދު ރިޔާޒް ވިދާޅުވީ ލިބެމުން ދިޔަ ޚިދުމަތް އިތުރަށް ރަނގަޅުވެގެން މި ދިޔައީ އެންމެ މުނާސަބު ވަގުތުގައި ކަމަށް ގަބޫލު ކުރައްވާކަމަށެވެ.

 "އަޅުގަނޑުމެން އެއާލައިންތަކުން ސީޒަނެއްގޮތުގައި މި ބަލަނީ އެންޑް އޮފް އޮކްޓޯބަރ މި އޮނަތިރީސް އޮކްޓޯބަރުން ފެށިގެން އެ ސީޒަން ފެށުނީކަމަށް. އެހެންވީމަ މިއަދު މި ހުޅުވުނު ފެސިލިޓީސްއަކީ އަޅުގަނޑުމެން މި ޕެސެންޖަރުންނަށް ވަރަށް ލުއިފަސޭހަ ވެގެންދާނެކަމެއް" ރިޔާޒް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް