ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 10:32
ރައީސް ޔާމިން ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރީ ޒީނަތްތެރިކޮށްފައި
ރައީސް ޔާމިން ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރީ ޒީނަތްތެރިކޮށްފައި
އަޒުމޫން އަހުމަދު
ރައީސް ޔާމިން
ރައީސް ޔާމީން ރ. މަޑުއްވަރީއަށް ވަޑައިގަންނަވައިފި
ރައީސް ޔާމިން މީދޫ އަދި ފައިނަށް ވަޑައިގަންނަވާނެ

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހެނދުނު ރ. އަތޮޅަށް ކުރައްވާ ދަތުރުގުޅުގައި މަޑުވަރީއަށް ވަޑައިގަންނަވައިފި އެވެ.

 

ރައީސް ޔާމީން އެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ޒިޔާރަތުގައި މަޑުއްވަރީއަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު މަޑުއްވަރީއަށް ޒިޔާރަތްކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

 

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ މަޑުވަރީ، މީދޫ އަދި ފައިނަށް ކަމަށެވެ.

 

އެ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވާ، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރުއޫގެ ނިމުން ފާހަގަ ކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

 

އަދި ފައިނުގައި ހަދާފައިވާ ބަނދަރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެއެވެ. މިއަދު ހަވީރު މީދޫއަށް ވަޑައިގެން އެރަށުގައި ބިނާކުރެވިފައިވާ މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު، މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް