ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 19:28
އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާއި ބައެއް މުވައްޒަފުން
އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާއި ބައެއް މުވައްޒަފުން
ޓްވިޓަރ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް އަށް އާ މެނޭޖިންގް ޑިރެކްޓަރެއް ހަމަޖައްސަވައިފި
އުރީދޫގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ވަނީ އެ ކުންފުނީގެ ސީއީއޯކަންވެސް ކުރައްވާފައި

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ޚާލިދު އިބްރާހިމް އަލް-މަޙްމޫދު ހަމަޖައްސަވައިފިއެވެ.

ހޯމަ ދުވަހު އުރީދޫ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޚާލިދު މި މަޤާމަށް ހަމަޖައްސަވާފައި ވަނީ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރު ވިކްރަމް ސިންހާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

ވިކްރަމް ސިންހާ ވަނީ އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ޖަލްސާގައި އިއުލާން ކުރައްވާފައެއް ނުވެއެވެ.  

އެ ޖަލްސާގައި ވިކްރަމް ސިންހާ ވިދާޅުވީ އޭނާ ބޯޑް މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވަނީ "ދިވެހި ޒުވާނުންނަށް" އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ވިކްރަމް ސިންހާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރީތި ކަމަކީ ޤުދުރަތީ ރީތަކަން ނޫން ކަމަށާއި ދިވެހިރާއްޖޭގެ ރީތި ކަމަކީ ދިވެހިރައްޔިތުންގެ ހުނަރާއި ޤާބިލިއްޔަތުކަން ކަމަށެވެ.

ވިކްރަމް ސިންހާ ވަނީ އުރީދޫގެ ސީއީއޯގެ މަޤާމް ވެސް ތިން އަހަރު ފުރުއްވާފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް