ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 10:54
ކެންދޫ ކައިރީގައި އޮތް ތެޔޮ ބާޖެއްގައި ރޯވުން
ކެންދޫ ކައިރީގައި އޮތް ތެޔޮ ބާޖެއްގައި ރޯވުން
އެމްއެންޑީއެފް
ބާޖެއްގައި ރޯވުން
ކެންދޫ ކައިރީގައި އޮތް ތެޔޮ ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާ ހިނގީ މިއަދު ހެނދުނު

ބ. ކެންދޫ ކައިރީގައި އޮތް ތެޔޮ ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތެޔޮ ބާޖު އަނދާ ހުލިވެ، ބިދޭސީއަކު ފިހިއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ބާޖުގެ ކެޕްޓަން ފަރުހާން އިބްރާހިމް ބުނީ މި ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް އިތުރު ފަރުވާ ދިނުމަށް އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

މިބާޖުގައި މަސައްކަތް ކުރަމުންދަނީ ޖުމްލަ ތިން މީހުން ކަމަށާއި އެއީ ބިދޭސީ މީހަކާއި ދެ ދިވެހިން ކަމަށް ފަރުހާން ބުންޏެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު ބާޖުގައި ހުރީ ބިދޭސީ މީހާ އެކަނި ކަމަށާއި ދެން ތިބި ދެ ފަޅުވެރިން ތިބީ އެއްގަމުގައި ކަމަށްވެސް ފަރުހާން ބުންޏެވެ.

ފަރުހާން ކިޔައިދިން ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ކެންދޫއަށް ޕެޓްރޯލް ބާލަން އުޅުމުގެ ތެރޭގައި ޕަންޕުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުންނެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ މިހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެދުނު 9:58 ގައެވެ.

އާޒިމް ވިދާޅުވީ މިހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ނޯދަން އޭރިޔާގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް