ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 14:37
ފިތުރު ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދަނީ
ފިތުރު ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
މުދަލު ޒަކާތުގެ ނިޞާބު
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
މިމަހުގެ ތެރޭގައި މުދަލު ޒަކާތުން ލިބުނު ފައިސާ ފަގީރުންނާއި މިސްކީނުންނަށް ދޫކޮށްފައި
މުދަލު ޒަކާތް ބަލައިގަންނަނީ މީރާ އިން
މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 4950.40ރ.

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ  މިއަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން މުދަތު ޒަކާތް ވާޖިބުވާ ނިޞާބަކީ 4950.40ރ. ކަމަށެވެ.

 މުދަލުގެ ނިޞާބު ބަދަލުވިކަން އިއުލާނުކޮށްފައިވާ އިރު މުދަލުގެ ނިޞާބުގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވަނީ 4831.40ރ. އެވެ.

އާންމުގޮތެއްގައި މުދަލުގެ ނިޞާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާ ރިހީގެ އަގަށް އަންނަ ބަދަލުންނެވެ.

 މުދަލުގެ ނިޞާބަށް އަންނަ ބަދަލުތަކުގެ ތެރެއިން 2015 ވަނަ އަހަރު ވެސް ވަނީ މުދަލު ޒަކާތް ދައްކަންޖެހޭ ނިޞާބަށް ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން އެފަހަރު 5000ރ. އަށް ވުރެ މަތީގައި ހުރި ނިޞާބު 4557.70ރ. އަށް ވެއްޓުނެވެ.

މުދަލުގެ ނިޞާބަށްއާއި ބަދަލު އާންމުކޮށް އިއުލާނުކޮށްފައިވާ އިރު 2016 ވަނަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކޮށްފައި ވަނީ މިމަހުގެ ތެރޭގައެވެ.

ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

 މިދިޔަ އަހަރުގެ ޖޫން 01 ކުން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ، ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މުދަލު ޒަކާތް ދެއްކުމަށް ވަކި ހާއްސަ ފޯމެއް މީރާ އިން ވަނީ ކަނޑައަޅާފަ އެވެ. މި ފޯމު މީރާގެ ވެބްސައިޓުންނާއި މީރާގެ ސަރވިސް ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން މުދަލު ޒަކާތް ދެއްކޭނެ އެވެ.

މިރާގެ ބްރާންޗެއް ނެތް ނަމަ ރަށްރަށުގެ ކައުންސިލް އިދާރާއިންވެސް މުދަލު ޒަކާތް ބަލައިގަންނާނެ އެވެ. މުދަލު ޒަކާތާ ގުޅޭ ދީނީ މައުލޫމާތު އޮޅުން ފިލުމުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަކި ފޯނު ނަންބަރެއް ކަނޑައަޅާފަ އެވެ.

ސެޕްޓެމްބަރު މަހު މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު މުދަލު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް