ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 16:15
ހައިރައިޒުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ:ގޫގުލް
ހައިރައިޒުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ:ގޫގުލް
ގޫގުލް
ސަޓާ އެވޯޑް
ސަޓާ އެވޯޑް އައްޑޫގައި ބޭއްވުމަށް ދަނީ ފުރިހަމައަށް ތައްޔާރުވަމުން: ހައިރައިޒް
މިދިޔަ އަހަރު ބޭއްވީ ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގަ
މިއީ އީކުއޭޓާގައި މިފަދަ ހަލްފާއެއް ބާއްވާ ފުރަތަމަ ފަހަރު

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް(ސަޓާ އެވޯޑްސް) އީކުއޭޓާ ވިލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ހަފްލާއަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައިރަޒުން ބުނެފިއެވެ.

 

އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑްސް އިންތިޒާމު ކުރަނީ ހައިރައިޒް އިންނެވެ. ހައިރައިޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހަފްލާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންނާއި ސިފައިން، ހައުސިން މިނިސްޓްރީ، ފެނަކަ، ސިޓީ ކައުންސިލް އަދި އެމްޕީއެލް އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންނާއި މިހާރު ވަނީ ބައްދަލުކޮށް ކަމާއި ބެހޭ މަޝްވަރާތައް ކޮށްފައެވެ.

 

މިއިވެންޓު ބޭއްވުމަށް ފަހު އީކުއޭޓާ ވިލެޖަކީ މިފަދަ އިވެންޓު ބޭއްވުމަށް ނަމޫނާ ތަނެއް ކަމުގައި ދައްކައި ދިނުމަކީ އަމާޒެއް ކަމަށް ހައިރައިޒުން ބުނެފައިވެއެވެ.

 

މިއީ ފަހުގެ ތާރީޚެއްގައި އީކުއޭޓާ ވިލެޖުގައި މިފަދަ ބޮޑު ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

 

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑަށް 450 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓްވާއިރު މި އެވޯޑްގެ ޕްލެޓިނަމް ޕާޓްނާއަކީ އުރީދޫއެވެ.

 

އަދި ގޯލްޑް ޕާޓްނަރަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ. އަދި ސާޓާގެ ޓްރެވަލް ޕާޓްނާއެއްގެ ގޮތުގައި ހަމަޖެއްސީ އެމްވީ ހޮޓެލްސްއެވެ.

މި އެވޯޑްގެ އިވެލުއުޝޭންތައް ރާއްޖެއާއި ކޮލަމްބޯ އަދި ދެކުނު އިންޑިއާގެ އިވެލުއޭޝަން ވަނީ ބާއްވާފައެވެ.

 

މިފަހަރު މި އިވެންޓް އައްޑޫ ސިޓީގައި ބޭއްވުމަކީ ރާއްޖޭގެ ދެކުނު ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް