ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 15:28
އިޓަލީގެ ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވުން
އިޓަލީގެ ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވުން
ރިޒްނާ ޒަރީރު
ޓްރޭޑް ފެއަރ
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
މިފެއަރ ކުރިއަށްދާނީ މި އޮކްޓޯބަރ މަހުގެ 12 އިން 14 އަށް

އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ބައިވެރިވެއްޖެއެވެ.

 

މި އޮކްޓޯބަރ މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މިފެއަރގައި އެމްއެމްޕީއާރސީއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގެ 21 ކުންފުންޏެއްގެ ފަރާތުން 38 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

 

މި ފެއާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން 64 އަކަމީޓަރުގެ ސްޓޭންޑެގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

 

އެގޮތުން ވީއާރު ބޭނުންކޮށްގެން ރާއްޖޭގެ މޫދުއަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ފެއާ އަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި މި ފެއާގެ ޚަބަރުތަށް ފެތުރުމުގެ ގޮތުން ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސްޓޭންޑްގައި ފޮޓޯއެއް ނެގުމަށް ފަހު ޓްވިޓަރ އަދި އިންސްޓަގްރާމުގައި #TTG2017 އަދި #visitmaldives ޖެހުމަށްފަހު ފޮޓޯ ހިއްސާކުރައްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ޚާއްޞަ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ޓީޓީޖީ އިންކޮންޓްރީއަކީ އިޓަލީ ވިލާތުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ ބޮޑު ފެއާއެކެވެ. އަދި އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ހާޒިރުވާ ޓްރެވެލް އިވެންޓެކެވެ. މިފެއާގެ މައިގަނޑު އަމާޒަކީ އިޓަލީ މާކެޓްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ މުހިއްމު ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮއްލުމަށް ލިބޭ ފުރުސަތެކެވެ.

މިފެއަރގައި ބައިވެރިވުމާއި ގުޅިގެން އިޓަލީގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުވެ މި މާކެޓް ރާއްޖެއަށް ފުޅާކުރުމަށް މުހިއްމު ފުރުސަތަކަށް ވެގެންދާނެއެވެ. އިޓަލީއަކީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން މުހިއްމު އެއް ޤައުމެވެ. 2016 ވަނަ އަހަރު 71،202 ފަތުރުވެރިން އިޓަލީން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރު އޮގަސްޓް މަހާ ހަމައަށް 7،227 އިޓަލީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް