ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 09:18
ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ރިޒްނާ ޒަރީރު
ލަންކާ ސައިލެންޓް ޕްރޮޓެސްޓް
‪ ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ލަންކާގައި އިހްތިޖާޖް ކޮށްފި
މިއިހްތިޖާޖް އޮތީ ލަންކާ އެމްބަސީ ކުރިމަތީގައި

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ސްރީލަންކާގައި އިހްތިޖާޖް ކޮށްފިއެވެ. 

 

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި އިހްތިޖާޖް ކޮށްފައިވާ ކަމަށެވެ. 

 

މިއީ ލަންކާ ސަރުކާރުން ނަގަންޖެހޭ ހުއްދަތަކާ އެކު ކުރިއަށްގެންދިޔަ އިހްތިޖާޖެއް ކަމަށާއި އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވަނީ ބައިވެރިވެފައެވެ. 

އެގޮތުން މިސަރުކާރާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހަމަހިމޭން މުޒާހަރާއެއް ވަނީ ކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ވަނީ ބައިވެރިފައެވެ.

 

ލަންކާއަކީ އެތައް ހާސް ދިވެހިން ދިރިއުޅޭ ގައުމެކެވެ. އަދި އިދިކޮޅު ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވެސް ލަންކާގައި ދިރިއުޅުއްވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް