ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 01:44
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާކުރަނީ
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާކުރަނީ
ރިޒްނާ ޒަރީރު
މީޑިއާ ކައުންސިލް
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ރާއްޖެޓީވީގެ ނޫސްވެރިން އިހްތިޖާޖުކޮށްފި
މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި 3ވަނަ ފަހަރު
ރާއްޖެޓީވީ މީގެ ކުރިން 1 މިލިޔަން ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައިވޭ
ޖޫރިމަނާކުރީ ރައީސް ޔާމީނަށް ފާާޑުކިޔައިގެން

މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި، ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ވަމުންދާ ބޭއިންސާފު ހާމަކޮށް، މިނިވަން ނޫސްވެރިކަމަކަށް ގޮވާލައިފި އެވެ.

 

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ނޫސްވެރިންނަށް އިނާމު ދިނުމުގެ ޖަލްސާއަށް ރާއްޖެ ޓީވީގެ ނޫސްވެރިން ހާޒިރުވީ "އަބުރު" ޖަހާފައިވާ ޓީޝާޓްގަ އެވެ.  ދަރުބާރުގޭގެ މައި މާލަމަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަދެ، މިނިވަން ނޫސްވެރިކަމަކަށް ގޮވާލާފައިވާ ޝިއާރުތަކާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިސްތިއުފާ އަށް ގޮވާލައި ލިޔެފައިވާ ބޯޑްތަކާއެކު ފޮޓޯއެއް ނެގި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކައެއް ދެއްކި ކަމަށްބުނެ ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑު ފޮށި ވެސް މި ޖަލްސާގައި ބަހައްޓާފައެވެ.

 

ރާއްޖެޓީވީ މިފަހަރު ޖޫރިމަނާކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

 

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި 3ވަނަ ފަހަރު އެވެ. އަދި ރާއްޖެޓީވީ މީގެ ކުރިން އެއް މިލިޔަން ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައިވާއިރު ދެ ލައްކަ ރުފިޔާއިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް