ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 08:47
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
އަޒުމޫން އަހުމަދު
މެމްބަރު އަލީ ނިޒާރު
ޝަހީބަށް ނޭނގި ނަމަވެސް ޖޫރިމަނާ އެކުރަނީ ރައްޔިތުން، ރާއްޖެޓީވީއެއް ނޫން: ނިޒާރު
ފަންޑް ހުޅުވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 4:30
އެއް މިލިއަން ރުފިޔާއިން ވަނީ ކުރިން ޖޫރިމަނާކޮށްފައި
މިފަހަރު ވަނީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައި

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ނޭނގި ނަމަވެސް ޖޫރިމަނާ އެކުރައްވަނީ ރައްޔިތުން ކަމަށާއި ރާއްޖެޓީވީ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

 

ނިޒާރު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި، ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން، އަބުރުފުޅު ފަންޑުގެ ނަމުގައި ހުޅުވާ ފަންޑަށް ރައްޔިތުން ނިކުމެ ލާރިއަޅާ ފޮށި ފުރާލަންވީ ކަމަށް ވިދާޅުވިއެވެ.

ފަންޑް ހުޅުވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައެވެ. ރާއްޖެޓީވީ ތަކުރާރުކޮށް ޖޫރިމަނާ ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް ބްރޯޑްކޮމްއަށް ދަނީ އަމާޒުވަމުންނެއެވެ.

 

ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ އަބުރުފުޅު ފަންޑު ފޮށި ހުޅުވުމުގެ މަޤްސަދަކީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސްލައްކަ ރުފިޔާ ހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.

 

ހުޝާމް ވިދާޅުވީ މާލޭގެ އިތުރުން ރާއްޖެޓީވީއާ ގުޅިގެން އަތޮޅު ތެރޭގައި ފަންޑު ފޮށި ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިލައްވާ ކަމަށެވެ.

 

މި ފަންޑަށް ފައިސާ ޖަމާކުރެވޭ އުސޫލުތަކުގެ ތެރޭގައި ފަންޑު ފޮށި ހުންނަ ސަރަހައްދަށް އައިސް ފައިސާ ޖަމާކުރުމާއި ރާއްޖެޓީވީން ކަނޑައަޅާ ފަންޑުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް ހުޝާމް ވިދާޅުވިއެވެ.

 

ރާއްޖެޓީވީން ވަނީ މިއަހަރުގެ އޭޕްރިލް މަހު ވެސް އަބުރުފުޅު ފަންޑު ފޮއްޓެއް ހުޅުވާފައެވެ. މި އަބުރުފުޅު ފަންޑު ފޮށި ހުޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން ދެ ލައްކަ ރުފިޔާ އިން ވެސް ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޮކްޓޯބަރ 2017 | އަންގާރަ 11:49
ވެލްޑަން
ނޭނގިއެއް ނޫން. ގަސްތުގަ. ބޭނުމަކީ ކަށަވަރު ލާރިގަނޑެއް ދިރުވައިލުން. ސަރުކާރުން ޖޫރިމަނާގެ ތަފާތު ފަންނުތައް އީޖާދު ކޮށްގެން އެކި ނަންނަމުގަ ރައްޔިތުން ފެލައިގެން ލިބޭ ފައިސާއިން ދައުލަތް ހިންގާފަ އިޤްތިޞާދީ މަޝްރޫއު ތަކުން ލިބޭ މިލިޔަން ޑޮލަރުކޮޅު ޣަނީމާ ކަމުގަ ބަހާލަނީ. ޝަހީބަކީ ދަހިކޫދު ބަލި ޖެހިފަ އިން ފަލަ ބޭބީއަށް ސަމްސަލުން ލަވައިދޭ 1 ނަންބަރު ބާނދީ.